ބެލެންޑިއޯ އެވޯޑަކީ އޭނާއަށް އެހާ މުހިންމު އެއްޗެއް ނޫން ކަމުގައި ފީފާއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދި އާޖެންޓީނާގެ ފޯވާޑް ލިޔޮނަލް މެސީ ބުނެފިއެވެ.
ދާދި ފަހުން އެމެރިކާގެ އެމްއެލްއެސް ލީގަށް ކުޅެން އެއްބަސްވެފައިވާ މެސީއަކީ 7 ފަހަރު ބެލަންޑިއޯ ހޯދާފައިވާ ކުޅުންތެރިއެކެވެ. މި އަދަދާއިއެކު އޭނާ ވެގެންދިޔައީ 1956 ވަނަ އަހަރަށް ފަހު އެވޯޑް ކުރަމުންދާ ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިންނަށް ދޭ ޝަރަފްވެރި ބެލަންޑިއޯ އެވޯޑް އެންމެ ގިނައިން ހާސިލުކުރި ކުޅުންތެރިޔާއަށެވެ.
މެސީއަށް އެންމެ ފަހަކަށް މި އެވޯޑް ލިބިފައިވަނީ 2021 ވަނަ އަހަރުގައިއެވެ. މެސީ ބުނީ ބެލަންޑިއޯ އަށްވުރެ އޭނާއަށް އެންމެ މުހިންމީ އޭނާގެ ޤައުމީ ޓީމަށް ލިބުނު ފަހުރުވެރި ފީފާ ވޯލްޑް ކަޕްގެ ޓައިޓަލް ކަމަށެވެ. ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް ފައިނަލްގައި ފްރާންސްއާއި ބައްދަލުކުރި މެޗްގައި މެސީ ވަނީ އާޖެންޓީނާއަށް ކާމިޔާބީ ހޯދާދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިއެެވެ.
މިއަހަރުގެ ބެލަންޑިއޯ ވެސް މެސީއަށް ހާސިލުވާނެ ކަމަށް ލަފާކުރެވެއެވެ. މި އަހަރުގެ ބެލަންޑިއޯ އޭނާއަށް ހާސިލުކުރެވިއްޖެނަމަ މިއީ އޭނާއަށް ލިބޭ އެންމެ ފަހުގެ ބެލަންޑިއޯއަށް ވުން އެކަށީގެންވެއެވެ. އެއީ ބެލަންޑިއޯއަކީ ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ ފުޓްބޯޅަ ކުޅުންތެރިންނަށް ދެވޭ އެވޯޑެކެވެ.
މެސީ ވަނީ އޭނާ އެންމެ ފަހަކަށް ކުޅުނު ފްރާންސްގެ ކްލަބް ޕީއެސްޖީއަށް ފްރާންސް ލީގްގެ ޓައިޓަލް ކާމިޔާބުކޮށްދިނުމުގައި ބޮޑު ރޯލްއެއް ކުޅެފައިއެވެ. އޭނާ ވަނީ ލިގެ އަންގައި ކުޅުނު 32 މެޗެއްގައި ޕީއެސްޖީއަށް 16 ގޯލާއި 16 އެސިސްޓް ކާމިޔާބުކޮށްދީފައިއެވެ.
ބެލެންޑޯގެ އަގު ވައްޓާލުމަށް މެސީ ކުރަމުންދާ މަސައްކަތް އެންމެ ފޮނި ޢިބާރާތުން ކުއްވެރިކުރަން. ސިޔާސީ ގޮތުން މެސީ ދައްކާ ވާހަކަ ހުޓާލަން ގޮވާލަން. މެސީއަކީ މެސީ. ކޮތަޅަށް ލާރި ނަގަން ފެށީ މެސީ އިސްވެ އޮވެ