ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޑެނީ ސެބާޔޯސް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މިފަހަރު ސެބާޔޯސް ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަތަރު އަހަރު ދުވަހަށް ދިގުދެމިގެންދާނެއެވެ. ރެއާލް މެޑްރިޑްގެ ރަސްމީ ވެބްސައިޓުން އިއުލާންކުރި ގޮތުގައި އާ އެއްބަސްވުމުގެ ދަށުން ސެބާޔޯސް އެ ކްލަބަށް 2027 ގެ ނިޔަލަށް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މިހާތަނަށް ސެބާޔޯސް ވަނީ ރެއާލްއާއެކު އެގާރަ ތަށި ހޯދައިފައިއެވެ. އެގޮތުން ދެ ޗެމްޕިއަންސް ލީގާއި ތިން ކްލަބް ވޯލްޑް ކަޕާއި ދެ ޔޫރަޕިއަން ސުޕަ ކަޕާއި ލަލީގާ ތަށި، ކޮޕާ ޑެލްރޭ ޓައިޓަލް އަދި ދެ ސްޕެނިޝް ސުޕަ ކަޕް ރެއާލްއަށް ހޯދައި ދިނުމުގައި އޭނާގެ ހިއްސާ ވެސް އެބައޮތެވެ.

ރެއާލް ބެޓިސް އިން ކެރިއަރު ފެށުމަށް ފަހު އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 2017 ވަނަ އަހަރުގައެވެ. ސެބާޔޯސް 2019-20 އަދި 2020-21 ސީޒަން ލޯނެއްގެ ދަށުން އާސެނަލްގައި ހޭދަކުރި ދުވަސްވަރުގެ އެހާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. ނަމަވެސް އޭނާ ވަނީ 2020 ވަނަ އަހަރު އާސެނަލް އަށް އެފްއޭ ކަޕް ކާމިޔާބު ކުރުމަށް އެހީތެރިވެދީ، ކުއާޓާ ފައިނަލުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބީ ހޯދައި ދީފައެވެ.

ރެއާލްއަށް 120 މެޗު ކުޅެދީ ހަ ގޯލު ޖަހާފައިވާއިރު، އޭނާ ވަނީ 12 އެސިސްޓް ކޮށްދީފައެވެ.

ސެބާޔޯސް އަކީ ޓޮނީ ކްރޫސް އާއި ނާޗޯ ވެސް ރެއާލްއާއިއެކު އެއް އަހަރުގެ އާ އެއްބަސްވުންތަކެއް ހެދި ފަހުން އެހާ ގިނަ ދުވަސްތަކެއްގެ ތެރޭގައި ރެއާލް މެޑްރިޑްގެ ޓީމާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރި ރެއާލްގެ ތިން ވަނަ ކުޅުންތެރިޔާއެވެ.

ރެއާލުން ވަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޖޫޑް ބެލިންހަމްގެ ސޮއި ހޯދައިފައެވެ. ރަޔޯ ވަލެކާނޯގެ ޑިފެންޑަރު ފްރާން ގާސިއާގެ ސޮއި ވެސް ރެއާލުން ހޯދިއިރު،

ބޮރޫޝިއާ ޑޯޓްމަންޑުން ޖޫޑް ބެލިންހަމް ގެނައުމުން މި ހޫނު މޫސުމުގައި ރެއާލުން މިހާރު ވެސް ބޮޑު ކުޅުންތެރިއެއް ކަށަވަރުކޮށްފައިވާއިރު، ޑިފެންޑަރު ފްރާން ގާސިއާ ރަޔޯ ވަލެކާނޯ އިން ސޮއިކޮށްފައިވާއިރު، ބްރާހިމް ޑިއާޒް ވަނީ އޭސީ މިލާނުގައި ހޭދަކުރި ތިން އަހަރުގެ ލޯން އެއްބަސްވުން ނިންމައި ރެއާލް އަށް އެނބުރި އައިސްފައެވެ.