އިނގިރޭސި ޕުރިމިޔާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރ އާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލު ކުރި މެޗު ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެކުލަބުން ކާމިޔާބުކޮށްފައި ވަނީ 0-2ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުންވެސް ގޯލު ޖެހުމަށް މަސައްކަތް ކުރަމުން ދިޔައިރު, ޔުނައިޓެޑުން ވަނީ ގޯލަށް ނުރައްކާ ކޮށް ފަސް ހަމަލާއެއް އަމާޒުކޮށްފައެވެ. އޭގެން ތިން ހަމަލާއެށް ގޯލަށް އަމާޒުވި ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު މި ހަމަލާތައް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ވެސް ވަނީ ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާ ލާފައެވެ.

ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި ދެޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅެފައި ވަނީ ޓޮޓެންހަމްއިންނެވެ. މެޗުގެ 56 އިންސައްތަ ޓޮޓެންހަމްއިން ކޮންޓްރޯލު ކޮށްގެން ކުޅުނު އިރު, ޔުނައިޓެޑަށް ކޮންޓުރޯލު ކުރެވިފައި ވަނީ 44 އިންސައްތައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް ޓޮޓެންހަމްއިން ވަނީ ގޯލު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދީފައި ވަނީ ޕެޕް ސާރްއެވެ. މިގޯލާއި އެކު އެކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރުމަށް މަސައްކަތް ކޮށްފައެވެ. ޓޮޓެންހަމްއިން މެޗުގައި ޖެހި ދެވަނަ ގޯލަކީ މެޗުގެ 83 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރ ލިސަންޑްރޯ މާޓީނޭޒް އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ.

ރޭ ލީގުގައި ދެން ކުޅުނު މެޗު ތަކަށް ބަލާލާއިރު, ބުރެންޑް ފޯޑުން ވަނީ 0-3ގެ ނަތީޖާއަކުން ފުލްހަމް ބަލިކޮށްފައެވެ. އަދި ބްރައިޓަންއިން 1-4ގެ ނަތީޖާއަކުން ވޮލްފްސް ބަލިކުރި އިރު, ލިވަޕޫލުން ވަނީ ބޯންމައުތު 1-3ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނަފީ

    ކޮން ވަރުގަދައެއް. ޔުނައިޓެޑަކީ މިހާރު އެއްވެސް ބައެއްނޫން. ފޯކައިދޫވެސް ރަނގަޅުވާނެ އެމީހުންނަށް ވުރެން