ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ގަލަޓަސަރޭއާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ބަޔާން މިއުނިކުން ގްރޫޕް އޭގެ ތާވަލުގެ އެއްވަނަ ޓީމަށް އަރައިފިއެވެ.

ރަމްސް ގްލޯބަލް ސްޓޭޑިއަމްގައި ބަޔާން އަދި ގަލަޓަސަރޭ ބައްދަލްކުރި މެޗް 3-1 ގެ ނަތީޖާއިން ބަޔާން ވަނީ ކާމިޔާބުކޮށްފައެވެ. ބަޔާން މިއުނިކަކީ ހަ ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ހަމައެއާއެކު ގަލަޓަސަރޭއިން ޗެމްޕިއަންސް ލީގުގައި އެންމެ ދުރަށްވެސް ދެވިފައިވަނީ ސެމީ ފައިނަލްސްއާއި ހަމައަށެވެ.

ފުރަތަމަ ހާފްގެ ކުޅުން ފެށި މެޗްގެ 8 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑް ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުމުރުން 27 އަހަރުގެ ފްރާންސްގެ ކިންގްސީ ކޯމަންއެވެ. މީ ކޯމަން ބަޔާން މިއުނިކަށް ކުޅުނު 218 މެޗުން ކާމިޔާބުކޮށްދިން 53 ވަނަ ލަނޑެވެ. މި ލަނޑާއެކު ގަލަޓަސަރޭއިން މަސައްކަތް ކޮށްފައިވަނީ ލަނޑެއް ކާމިޔާބު ކުރުމަށެވެ. މެޗްގެ 30 ވަނަ މިނެޓުގައި ބަޔާން މިއުނިކަށް ފަހަތުގައި ހެދުނު ގޯހަކުން ގަލަޓަސަރޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާގެ އުމުރުން 30 އަހަރުގެ ފޯވާރޑް މައުރޯ އިކާޑީއެވެ. މީ އިކާޑީ ގަލަޓަސަރޭއަށް ކުޅުނު 15 މެޗުން ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

ކޭން ލަނޑު ކާމިޔާބުކޮއްފައި/ގެޓީ އިމޭޖަސް

ދެވަނަ ހާފްގެ 73 ވަނަ މިނެޓުގައި ބަޔާން މިއުނިކުން ވަނީ އެ ޓީމްގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ އުމުރުން 30 އަހަރުގެ ހެރީ ކޭންއެވެ. މީ ކޭން ބަޔާނަށް ކުޅުނު 11 މެޗުން ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. ބަޔާން މިއުނިކުން އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދީފައިވަނީ މި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާ (ގޯލްޑެން ބޯއިސް) އެވޯޑްގެ ލިސްޓުގައި ހިމެނޭ ޖަރުމަނުގެ ޖަމަލް މުސިއާލާއެވެ. މުސިއާލާ އުމުރުން 20 އަހަރުގައި ބަޔާން މިއުނިކަށް 32 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މެޗް ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއަކުން ބަޔާން މިކުނިކްއިން ކާމިޔާބުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު