އަރބަންކޯ އިން ޕާޓްނަރއެއްގެ ގޮތުގައި ހަރަކާތްތެރިވާ ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތުގެ ހޯސްޓިން ޕާޓްނަރ އަކީ އަރބަންކޯއެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައެވެ. މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާ އިރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްގެންދާނެއެވެ.

އަރބަންކޯއަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާއިރު، މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް އެ މަގްސަދުގައެވެ. އެގޮތުން މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެވެ. އެގޮތުން ހުޅުމާލޭގައި މި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.