އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް މެންޗެސްޓާ ސިޓީން އެމީހުންގެ ފެންވަރު ދައްކާލައިފިއެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކުގައި ކުޅުނު 33 މެޗުން ލިބުނު 76 ޕޮއިންޓާ އެކުގައި ތާވަލްގެ ދެވަނައިގައި އޮތީ ސިޓީއެވެ. އެއްވަނައިގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 77 ޕޮއިންޓާއެކުގައި އާސެނަލްއެވެ.

ތިން ވަނައިގައި އޮތީ 34 މެޗުން ލިބުނު 74 ޕޮއިންޓާ އެކުގައި ލިވަޕޫލެވެ.

ސިޓީން މެޗުގައި ލީޑް ނެގީ 17 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ކެވިން ޑި ބްރޫން ބޮލުން ޖަހައި ގޯލް ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި އާއި 34 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށް ދިނީ ފިލް ފޯޑެންއެވެ. މި ސީޒަންގައި ސިޓީ އަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ވެސް ފޯޑެންއެވެ.

ސިޓީގެ ހަތަރު ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިމާޒް

    ޗެމްޕައންސް ލީގުގެ ސެމީފައިނަލްގައި ރެއާލްމެޑްރިޑާއެކު ކުޅުނު މެޗްގައި ތިބުނާ ފެންވަރު ދައްކާ ނުލެވުނު. މަސްއަލައަކީ ޓީމްގައި އަޞްލު ހުރި ފެންވަރު ދައްކަންޖެހޭ މެޗުގައި ފެންވަރު ދައްކާ ނުލެވޭތީ!