މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި އެމެރިކާގެ ކޯކޯ ގޯފްއާ ބެލާރުސްގެ އަރީނާ ސަބަލެންކާ ބައްދަލުކުރާން ޖެހިއްޖެއެވެ.

ގޯފް، 19، މި އަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި، ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުޗޯވާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ގޯފް ގެންދިޔައީ 6-4، 7-5 އިންނެވެ.

މިވަގުތު ރޭންކިންގެ ދެވަނައިގައި އޮތް ސަބަލެންކާ ވަނީ އެމެރިކާގެ މެޑިސަން ކީސް އަތުން 2-1 ސެޓުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 6-0 އިން ކީސް ގެންދިޔަ ނަމަވެސް ފަހަތުންއަރައި ދެ ސެޓު ކާމިޔާބުކޮށްގެން ސަބަލެންކާ ސެމީގެ ޖާގަ ހޯދިއެވެ. ސަބަލެންކާ ސެޓްތައް ގެންދިޔައީ 7-6، 7-6 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ގޯފްއާ ސަބަލެންކާ ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 10 ވާ އާދީއްތަ ދުވަހު އެވެ.