ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2023 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް އެ ބޭންކް އިން މިއަދު ބުނެފިއެވެ.

އެ ބޭންކް އިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 361 މިލިއަން ރުފިޔާ ހޯދައިފައެވެ.

ބީއެމްއެލްއިން ބުނީ، މިިދިޔަ އަހަރު އެ ބޭނެކްގެ އެސެޓް 3.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، އަހަރު ނިމުނުއިރު ޖުމްލަ އެސެޓް 45.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަަމަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދުތަކަށް ބަލާއިރު، 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަަމަށާއި، މިދިޔަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސް ބިލިއަން ރުފިޔާގެ އައު ލޯނު ދޫކުރެވިފައިވާ ކަމަށް އެ ބޭންކް އިން ވަނީ ބުނެފައެެވެ.

އަދި ބޭންކްގެ ރައުސުމާލާއި ލިކުއިޓިޑީ ރޭޝިއޯ ގާނޫނުން ލާޒިމް ކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަަަމަށްވެސް ބުނެފައި ވެއެވެ.

މި ނަތީޖާއާ ގުޅޭގޮތުން އެ ބޭންކްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ، އެ ބޭންކްގެ ސްޓްރެޓެޖީގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަމާޒު ހިފާފައިވާއިރު، އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ސާފް ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"މިއީ 2023 ވަނަ އަހަރާއި އަޅާ ބަލާއިރު %17ގެ ކުރިއެރުމެއް، މި ފުރުސަތުގައި އަޅުގަނޑުމެންގެ ހިއްސާދާރުންނަށާއި، އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާ ކަސްޓަމަރުންނާއި އެހާމެ ބުރަކޮށް މިދިޔަ އަހަރު މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަށް ޝުކުރު ދަންނަވަން".

މުޅި ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 38 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.

ބީއެމްއެލްއިން ދަނީ ޒަމާނީ އޮންލައިން ބޭންކިންއެއްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސާނެ

    ވާނެތާ ލޯނު ޖޫރިމަނާ މަހުގެ އެއްވަނަ ދުވަހު ނަގާ . މުސާރަ އަދި ތަންތާގެ ކުލި ލިބެނީ ދިހަ ވަނަދުވަހު ނުވަތަ ފަސްވަނަ ދުވަހު ބެންކުން ކުޑަކޮއްވެސް ރައްޔަތު މީހާއަކަށް ނުބަލާ..

  2. ޢަބްދުﷲ

    ތިވަރަށް ފައިދާ ވާއިރު، ބޭންކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚައިރާތެއް ވެދެއްވިއްޔާ ވާނީ ކީއްހެއްޔެވެ>؟؟؟ އ.ހ

  3. ބޮސް

    ތިޔަވަރަށް ރައްޔަތުން ދޮވެލައިގެން ހޯދާ ފައިދާއިން އެއްލައްކައިން ދަށުގެ ލޯނުހުރި ފަރާތެއްގެ ލޯނު މާފުކޮށްދިނިއްޔާ ކީއްތަވާނީ.