މާދަމާއަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ހާއްސަ ދުވަހެވެ. އެ ދުަވަހަށް ހާއްސަކޮށް ފުޅާދާއިރާއެއްގައި ފަރުނީޗަރުވިއްކަމުން އަންނަ ރެއިންބޯ އެންޓަރޕްރަޒެސް އިން މި ވަނީ ހާއްސަ ހަދިޔާތަކެއް އަންހެނުންނަށް ދިނުމަށް ނިންމާފައެވެ.
ފޭސްބުކް މެދުވެރިކޮށް ލައިކް އެންޑް ޝެއާކޮށްގެން މި ހަދިޔާ ކޮންމެ މީހަަކަށްވެސް ހޯދިދާނެއެވެ.
ރެއިންބޯއިން އެ މީހުންގެ ފޭސްބުކް ޕޭޖުގައި ކުރިއަށްދާ ހާއްސަ ކޮންޓެސްޓުގައި ބައިވެރިވުމަށް ޖެހޭނީ، އެ ކުންފުނީގެ ޕޭޖަށް ލައިކެއް ދޭށެވެ. ދެން އެއަށްފަހު ޖެހޭނީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ޕޭޖްގައި ޕޯސްޓްކޮށްފައިވާ ޕޯސްޓް ޝެއާ ކުރާށެވެ. (ޕޯސްޓް ޝެއަރ ކުރާއިރު، ހުރިހާ އެންމެންނަށް ފެންނާނެހެން "ޕަބްލިކް" ކުރަން ޖެހޭނެއެވެ).
ދެން އެއަށްފަހު އެ ފޮޓޯގެ ކޮމެންޓް ބައިގައި ފަސް މީހަކު ޓެގް ކުރުމާއެކު އެ މީހުން ލައްވާވެސް ރެއިންބޯ ފޭސްބުކް ޕޭޖަށް ލައިކް ދޭން ޖެހޭނެއެވެ.
މިހާރުވެސް މި ކޮންޓެސްޓް ކުރިއަށްދާއިރު، މި ކޮންޓެސްޓުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 11 ވަނަ ދުވަހު 15:00 އެވެ.
މި ކޮންޓެސްޓުގައި ފިިރިހުންނަށްވެސް ބައިވެރިވެވޭނެއެވެ. އޭގެން ހަދިޔާއެއް ފިރިހެނަކަށް ލިބުނަސް އޭނާގެ މަންމައަށް ނުވަތަ އާއިލާގެ ކޮންމެ މީހަކަށްވެސް ދެވިދާނެއެވެ.
މި ކޮންޓެސްޓަށް ހާއްސަކޮށް ރެއިންބޯއިން ހުށަހަޅާފައިވާ ހަތަރު އިނާމަކީ، އޮފީސް ގޮޑި، އުދުން، ކުލަ ދަޅެއް، ބާލީހެކެވެ.
ހިލޭ މީހަކަށް އެއްޗެއް ނުދޭތި!
ކޮންމެވެސް ކަންތައްގަނޑެއް ކުރުވަން ވާނެ! ދިވެހިން