ދުނިޔޭގެ ފެންވަރުގެ މާކެޓިން ދާއިރާގެ މާހިރުންގެ "މާކެޓާސް ސަމިޓް" ފެށެން އެއް ދުވަހަށް ވެއްޖެއެވެ.

މާކެޓަރސް ސަމިޓް 2024 ފެށެން ބާކީ އެއްދުވަހަށް ވެފައިވާއިރު ރާއްޖޭގެ މާކެޓިންގް ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ގިނަ ބައެއް އިންތިޒާރު ކުރަމުންދަނީ މިއަހަރުގެ މާކެޓަރސް ސަމިޓް ބާއްވާނެ ދުވަހަކަށެވެ. ޔޫރަޕާއި، ޔޫއޭއީ، ސްރީލަންކާ އަދި ބަންގްލަދޭޝްއިން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާ މިއަހަރުގެ ސަމިޓްއަކީ އުފެއްދުންތެރި އީޖާދުތަކާއި އިންޤިލާބީ ޚިޔާލުތަކެއް ރާއްޖޭގެ މާކެޓިނގް ދާއިރާއަށް ގެނުވާނެ ސަމިޓަކަށްވާނެއެވެ.

އެމް.އެން.ޔޫސީއޭ އޮޑިޓޯރިއަމްގައި ބާއްވާ ސަމިޓުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ހޯލްގެ ޑިޒައިނާއި ބެނާތަކުން ފެށިގެން ވަކިވަކި ކޮންމެ ކަމެއްގައި ވެސް ބަލަމުންދާނީ މިހާރު ބައިވެރިންގެ ގޮތުގައި ރެޖިސްޓަރވެފައިވާ 300 ބައިވެރިންނަށް ވީހާވެސް ފުރިހަމަ ތަޖުރިބާއެއްދެވޭނޭހެން އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް މާކެޓަރސް ސަމިޓް ޓީމުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ މާރކެޓަރސް ސަމިޓްއާއެކު ރާއްޖެއަށް ދުނިޔޭގެ ކަޅިވެސް ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މާކެޓަރސް ސަމިޓާ ގުޅޭ ފަލަސުރުޙީތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތަކުން ވެސް ޖާގަހޯދަމުންދާއިރު، ރާއްޖެއަކީ މާރކެޓިންގްއާ ގުޅޭ ހުރިހާ ކަމަކަށް ދުނިޔޭގައި ފާހަގަކުރެވޭ ހަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މާކެޓަރސް ސަމިޓްގެ އިވެންޓް އެންގޭޖްމަންޓް މެނޭޖަރ އާމިނަތު ސަޖާހަތު ވަޙީދު ވިދާޅުވީ، އެބޭފުޅުން ތިބީ އިންޑަސްޓްރގެ ލީޑަރުންގެ ފަރާތުން ލިބޭ ހެޔޮ ތަރުހީބާއި ސަމިޓަށް އެބޭފުޅުން ކުރައްވާ އިންތިޒާރުގެ ސަބަބުން ވަރަށް އުފަލުން ކަމަށެވެ.

"ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ލިބޭ ސަޕޯޓުން ދިވެހިރާއްޖޭގައި މާކެޓިންގ އިނޮވޭޝަން ކުރިއެރުމުގައި މި އިވެންޓުގެ މުހިންމު ދައުރު ހާމަވެގެންދޭ" ސަޖާހަތު ވިދާޅުވިއެވެ.

މާކެޓަރސް ސަމިޓް 2024 ފެށެން 1 ދުވަހަށްވެފައިވާއިރު، ރާއްޖޭން ތައްޔާރުވަމުންދަނީ ތަފާތު އެތަކެއް ޚިޔާލުތަކަކާ، އުޞޫލުތަކާއި ފިކުރުތަކަކާއެކު މާކެޓިންގް ދާއިރާގެ ޚިދުމަތްތެރިން އެއްތަންވެ، މިދާއިރާއަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަމިޓް ފެށުމަށެވެ.

މި ސަމިޓުގެ ޓިކެޓް ރިޒާވްކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، www.marketerssummit.org ނުވަތަ 7600114 / 7322223 [email protected] އިން ލިބޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.