އަންހެނުންނަށް ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ލޯން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް, 50000 ރުފިޔާއާއި 200000ރުފިޔާ އާއި ދެމެދުގެ ލޯން ދޫކުރާ ގޮތަަށް ހަމަޖައްސާފައިވާކަމަށް އިިިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، ކަނބަލުންނަށް ހާއްްްސަކޮޮށް އެެ މިނިސްޓްރީންް ތައާރަފްކުރި ލޯންގެ މުއްްްދަތު ތިން ވަނަފަހަރަށް އިތުރުކޮށްފައިވާކަަމަށާއި, މިގޮތަށް އިތުރު ކުރަން މި ޖެހުނީ ގިނަ ކަނބަލުންތަކެއް މިކަމަށް އެދެމުންދާތީ އާާާއި ގިިިނަ ކަނބަލުންނަށް ފުރުސަތު ދިިިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިހާރު އެ ލޯނަށް މި މަހުގެ 15ގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.

އާދަމް ތައުފީގް ވިދާޅުވީ,މި ލޯނަށް ކުރިން އިއުލާނު ކުރެވިގެން ދިޔައީ 50000 އާއި 100000 ދޭތެރޭގެ ލޯނަށް ހާއްސަކޮށްގެން ނަމަވެސް މިހާރު 50000 އާއި 200000 އާ ހަމައަށް ލޯނަށް އެދި ހުށަހެޅޭ އަދަދު އިތުރު ކުރެވިފައިވާ ކަމަށެވެ.

"މި ބަދަލު މި ގެނައީ ކަނބަލުންގެ ފަރާތުން ރިކުއެސްޓް ކުރަމުންދާތީވެ" މިނިސްޓަރ އާދަމް ތައުފީގް ވިދާޅުވިއެވެ.

އާދަމް ތައުފީގް ވިދާޅުވީ, މި ލޯނަށް އެދި ހުށަހެޅުމުގައި ހުރި ދަތިތައް ނައްތާލުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އެގޮތުން މީގެ ކުރިން އިއުލާނުކުރެވިފައިވާގޮތުން ރަހުނުގެ ގޮތުގައި ބީއެމްއެލްގެ އިންސުރެންސް ފޯމެއް ހުށަޅާގޮތަށް އިނދެއެވެ.

"އެހެން ނަމަވެސް މިހާރުގައި ލޯނު ލިބުމަށްފަހުވެސް މި ފޯމް ހުށަހެޅޭގޮތަށް މި ވަނީ ހަމަޖެހިފައި". އާދަމް ތައުފީގް ވިދާޅުވިއެވެ.

ލޯނު އަދަދު 50000ރުފިޔާއަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވާނެއެވެ. ލޯނު އަދަދު 50001 އާއި 200000 ދެމެދުގެ އަދަދެއްނަމަ، ލޯނަށް އެދޭ އަދަދުގެ %130 (ސަތޭކަ ތިރީސް އިންސައްތަ) އަގުހުރި، ބޭންކް އޮފް މޯލްޑިވްސް ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.

އާދަމް ތައުފީގް ވިދާޅުވިގޮތުގައި ލޯންތައް ބޭނުންވާ ފަރާތްތަކުގެ އެދުމުގެ މަތިން، މަސައްކަތެއް ފަށަން ނުވަތަ މަސައްކަތެއް ފަށައިގެން އުޅޭ މީހުންނަށް ދެ ލައްކައެއްހާ ރުފިޔާއިން އެ މީހުން އެ ކުރާ މަސައްކަތައް އެހީކަމަށްވާނެ ކަަމަށެވެ. އަދި މިފަދަ ލޯންތަކަކީ މިހާރުވެސް އަންހެނުންގެ ތެރޭގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެ މީހުންގެ ވިޔަފާރިތައް ކުރިއަރުން ދޭ އެހީއެއްކަމަށްވެސް އާދަމް ތައުފީގް ވިދާޅުވިއެވެ.

މި ލޯން ސްކީމުގެ ޖުމްލަ އަދަދަކީ 20،046،000 ރުފިޔާ އެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި މިހާތަނަށް މި ލޯނަށް އެދި 150 އެއްހާ އަންހެން ކަނބަލުން ކުރިމަތިލާފައިވާކަމަށެވެ.

ލޯނަށް އެދޭ އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އާއިބިޒްނަސް ޕްލޭން ފޯމެޓް އަދި އިތުރު މައުލޫމާތު އިކޮނަމިކް މިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mvގައި ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯރމުގެ ހާރޑްކޮޕީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ އިދާރާއިން އަދި ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމްކުރެވިފައިހުރި ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަޖިޔާ

    ކަނބަލުންދެކެވާ ލޯބިން ރިބާ ކާންދެނީ ?

  2. މުހަންމަދު

    ކޮބައިތޯ އެސް.އެމް.އީ ލޯން .. ހަމަ އެކަނި ލޯނުތަކަށް އިއުލާން ކުރުންތޯ އޮތީ.. ކީއްވެގެންތޯ އެސް. އެމް. އީ ލޯން ލަސް ވަނީ...

  3. އިބުރާހިމް

    އެސް. އެމް. އީ ލޯން ގެ އިތިޒާރުގަެި ތިބި ޒުވާނުން ކޮޅު ފޫހި ވެދަާނެ

  4. ފާތުމަ

    ޢިންޓަރެސްޓް ކިހާވަރެއްބާ؟

  5. ޗަރުކޭސް

    ތީ ހަމަ ލާރި ކާން ކަލޯމެން ކުޅޭޗަރުކޭސް ކަލޯ ތިޔަށް ކިޔަނީ ރިބާ ދިވެހި އަންހެނުން ތިޔައުޅެނީ ގަންހިންގަވާން ހިލާ ބަސްވިކޭ މީހަކު ތިޔާ ކާރި ނުކުރާނަން.