ދިވެހިންގެ މެދުގައި މަގުބޫލު ނިޑޯ ކިރު ހޯލްސޭލް ކުރާ އަގު އާދަޔާއި ހިލާފަށް ހެޔޮކޮށްފިއެވެ.

އެމްއެޗްއޭ އިން ރާއްޖެ އެތެރެކޮށް ވިއްކާ ނިޑޯ ކިރު ހޯލްސޭލް ކުރާ އަގު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ ހެޔޮ ކޮށްފައެވެ.

މިހާރު ނިޑޯ ކިރުގެ 900 ގްރާމް ދަޅެއް މިހާރު ވިއްކަނީ -/118 ރުފިޔާ އަށެވެ. ކުރިން އެވަރުގެ ދަޅެއް ވިއްކީ -/169 ރުފިޔާ އަށެވެ. 1800 ގްރާމްގެ ދަޅެއް މިހާރު ވިއްކަނީ -/229 ރުފިޔާ އަށެވެ. ކުރިން އެވަރުގެ ދަޅެއް ވިއްކީ -/327 ރުފިޔާ އަށެވެ. 2500 ގްރާމްގެ ދަޅެއް މިހާރު ވިއްކަނީ -/315 ރުފިޔާ އަށެވެ. ކުރިން އެވަރުގެ ދަޅެއް ވިއްކީ -/443 ރުފިޔާ އަށެވެ.

ނިޑޯ ކިރުގެ އަގު އާދަޔާއި ހިލާފަށް ހެޔޮ ކޮށްފައި މިވަނީ ދިވެހިން އާއްމުކޮށް ބޭނުންކުރާ ކޯސްޓް ކިރުގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ.

ކޯސްޓް ކިރު ފުލް ކްރީމްގެ 900 ގްރާމް ދަޅެއް ހޯލް ސޭލްކޮށް ކުރިން ވިއްކީ 141.67ރ. އަށެވެ. އެކަމަކު، މިހާރު އެ ވަރުގެ ދަޅެއް ހޯލް ސޭލް ކުރަނީ 154.58ރ. އަށެވެ.

މި ވައްތަރުގެ ކިރު ރާއްޖެ އަށް އިމްޕޯޓް ކުރާ ބީއެޗްއެމް އިން ވެސް ވަނީ ކޯސްޓް ކިރުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ކޯސްޓް ކިރުގެ 400 ގްރާމްގެ އެންމެ ކުޑަ ދަޅު ކޭހެއް ދެން ވިއްކާނީ 1،710ރ. އަށެވެ. އަދި 900 ގްރާމްގެ ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 1،855ރ. އަށެވެ.

ބީއެޗްއެމް އިން 1،800 ގްރާމްގެ ދަޅު ކޭހެއް 1،795ރ. އަށް ވިއްކާ އިރު، 2،500 ގްރާމްގެ ކޭހެއް ދެން ވިއްކުމަށް ހަމަޖެހިފައި ވަނީ 2،425 އަށެވެ.

ފުލްކްރީމް މިލްކް ޕެކެޓްގެ 800 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1،380ރ. އެވެ. އަދި 2،250 ގްރާމްގެ ކޭހެއް ވިއްކާނީ 1،860ރ. އަށެވެ.

ހިކިކިރަކީ ޖީއެސްޓީ ނަގާ ބާވަތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކައުންސެލަރު

    ވާނުވާ އެނގޭތަ؟ ގިނަފަހަރަށް ވިޔަފާރިވެރިން އަގުބޮޑުކުރަނީ ގަސްތުގަ ހަމަ އެއްވެސް ކަމެއްވެގެނެއްނޫން

    28
    1
  2. ދަރަނި ދަންތުރަ

    ބީ އެޗު އެމް ގެ ވެރިމީހަކީ ވަރަށް މަކަރުވެރި މީހެއް ޓެކުސް އަށް ބަދަލުގެނަވަގުތު ޓެކުސް ނުނަގާ އެއްޗެހީގެ ވެސް އަގުބޮޑު ކޮށްލީ ކިހާވަރެއް ވީމަބާ ހިތްފުރޭނީ މާލޭން އެތަށް ބިމެއްގަނެ ބޮޑެތި ގެތަށް ހަދައިފި ދެން ކޯސްޓުކިރު ނުގައްނާނަން

    25
  3. ދެން ގަންނާނީ ނީޑޯ

    ކޯސްޓް ކިރު ބާއިބާއި! ނީޑޯ ކިރު ވެލްކަމް!

    27
  4. ވިކިލީކްސް

    ހާދަ މަކަރުވެރިއޭ... ބޮޑަށް ޑިމާންޑު އޮންނަ ތަކެތީގެ އަގު ހެސްކިޔާފަ ބޮޑުކޮށްލީ.... ޑިމާންޑު ދަށް ތަކެތި އަގު ހެޔޮކޮށްލީ މުއްދަތު ހަމަވެގެން އުކާލަންޖެހިދާނެކަމުގެ ބިރު އޮތީމަ.... ޚާއްޞަ ކަމަކަށް ފާހަގަކުރެވެނީ، ޑިއުޓީ މާފުކޮށްފަ ހުންނަ ތަކެތިންވެސް އަގު ބޮޑުކޮށްލީމަ

    21
  5. އިބްރާހީމް

    އަނެއްކާ ކެމްޕޭނާ ގުޅޭ ކަމެއްބާ......

    4
    1
  6. Anonymous

    ކޯސްޓް ކިރުން ރާއްޖޭގެ ރައްޔިތުން ފެލައިގެން އެމް.އެޗް.އޭ މުއްސަދި ވަނީ.. ޑިމާންޑު އޮތީ ގަސްތުގައި އަގު ބޮޑު ކުރަނީ ކަން ތިޔަ ނިންމުމުން އެކަނިވެސް އެނގި ހާމަވޭ . ހާއްސަކޮށް އިންސްޓަންޓް (ރަތް ލޭބަލް) އާއި ކެލްސިއަމް ( ނޫ ލޭބަލް) އަގު ތަފާތުކޮށް ވިއްކަނީ ވެސް އެ ބޭނުމުގައި..ކެންޕީނާ ކުންފުނިން ކޯސްޓު ކި

    • ސަރުދާރު

      މަރޮށީ ހުސައިން ޢަބްދުﷲ، އެމްއެޗްއޭ ނީޑޯ, އައްޑުއަށް ނިސްބަތް ބުގެ ހަސަންމޫސާ, ބީއެޗްއެމް ކޯސްޓް ކިރަކީ.

  7. މުޙައްމަދު

    ނީޑޯކިރު އާދަޔާ ހިލާފަށް މީރުތަ؟