މި އަހަރުގެ ފެބްރުއަރީ 11 އިން ފެށިގެން އޭޕްރިލް 9 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްޓީސީސީ ރޯދަ ޕްރޮމޯގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރިޔާގެ ނަން އިއުލާންކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ގުރުއަތުން ހޮވުނީ ހުސެއިން މުސްތާގްއެވެ. އޭނާއަށް ލިބުނު އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެވެ.

ރޯދަ މަހު ބޭއްވި އެމްޓީސީސީ ރޯދަ ޕްރޮމޯގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެ ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދީފައިވަނީ ސުޒުކީ އިންޖީނާއި ޔަންމާ ޖެންސެޓާއި ސްޓަރން އައިޓަމްސްއާ ޕީޕީޖީ ކޯޓިންގ، ސްކޮޓް ބޭދަރ ރެސިންއާ ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާ ސްޕެއާ ޕާޓްސްއާ އެކްސަސަރީޒް އާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސްއެވެ.

އެކުންފުނިން އިތުރަށް ބުނީ ރޯދަ ޕްރޮމީ ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތް ކުރި ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އަދި ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއް ކަމަށް ވަނީ ބުނެފައެވެ.