ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަބަޔަކު ބޭނުން ކުރާ އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަބާޔާގެ ފިހާރަތަކުން ވިޔަފާރިކޮށްގެން އެކަކަށް ލަންޑަނަށް ދިއުމަށް ދެކޮޅު ޓިކެޓް ލިބޭ "ޝޯޕް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަންގެ މުއްދަތު މާދަމާ ރޭ ހަމަވާނެއެވެ.

އެ ބްރޭންޑްގެ މާލެ އަދި ހުޅުމާލެ ފިހާރައިން 200ރ. އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މާރިޗް 11 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ މުއްދަތު ހަމަވާނީ މާދަމާ ރޭ 11:00 އަށެވެ.

އެ ދެ ފިހާރައިން 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް މި ހާއްސަ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، އެ ދެ ފިހާރައިގައި ހުންނަ ކޫޕަން އަޅާ ފޮއްޓޮަށް ކޫޕަން އަޅާލުމުން މި ޕްރޮމޯޝަންފައި ބައިވެރިވެވުނީއެވެ.

އޫދް އަލް ސަބާޔާގެ މީގެ ކުރިންވެސް ވަނީ މިފަދަ ޕްރޮމޯޝަންތައް ބާައްވާފައެވެ. އެގޮތުން 2022 ވަނަ އަހަރު ފަހުކޮޅުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗްއާއި ހަމައަށް ކުރިއަށްގެންދިޔަ ތުރުކީ ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. އަދި އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނަަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ.

އޫދް އަލް ސަބާޔާއިން އަބަދުވެސް ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

އޫދް އަލް ސަބާޔާގައި އެ ބްރޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އަތަރާއި، ސެންޓް އަދި ލޯޝަނާއި އެއާ ފްރެޝްނާ ލިބެން ހުންނައިރު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި، ޕާފިއުމްސް ރާއްޖެއަށް އެންމެ ގިނައިން ތައާރަފް ކުރާ ބަޔަކީވެސް މިއީއެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ. އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގު (އިހުސާން ފިހާރަ މަގު)ގައެވެ. އަދި އޫދް އަލް ސަބާޔާ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގު، ގޯޅި 2 (މެރެތަން ޝޮޕް) ޖެހިގެންނެވެ.