ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮޕިސަރު (ސީއީއޯ) ގެ މަގާމަށް ނާޒިމާ އަލީ އައްޔަން ކުރައްވައިފިއެވެ.

އެ ހޮސްޕިޓަލުން ވަނީ ނާޒިމާ އެ މަޤާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި މަރުހަބާ ކިޔާފައެވެ.

ނާޒިމާ ވަނީ އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި 25 އަހަރަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.

ނާޒިމާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީގެ ޕްރައިމެރީގައިވެސް ވާދަކުރައްވާފައެވެ. ޕްރައިމެރީގައި އޭނާ ވާދަކުރެއްވީ ކުޅުދުއްފުށި ދެކުނު ދާއިރާއަށެވެ.

ކުޅުދުއްފުށި ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ އާންމުން ހިދުމަތް ހޯދުމަށް ދާ ހޮސްޕިޓަލެކެވެ. އެގޮތުން 2019 ވަނަ އަހަރު 102155 މީހުންވަނީ ޚިދުމަތް ހޯދާފައެވެ. 2020 ވަނަ އަހަރު 101362 މީހުން އަދި 2021 ވަނަ އަހަރު 110449 މީހުންވަނީ ޚިދުމަތް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިޒާ

    ދެރަކަމަކީ އުޅެއުޅެ ވެސް އިންތިހާބީ މަގާމަކަށް ނުހޮވުނު މަރުހަބާ

  2. ތެދުބަސް2024

    މިނޫން މީހެއް ސިއްޙީ ދާއިރާގަ ނެތީ ތޯ މި މަޤާމަށް އައްޔަންކުރަން. ރުކުންކުރު ، ބަލި މީހުންނާ ރީތި ބަހުން މުއާމަލާތް ކުރަން ނުދަންނަ އެކީ ގަ މަސައްކަތް ކުރާ މުވަޒަފުންނަށް ތުރާ ކުރި ނަރުހެއް މީނަޔަކީ.ކޮން ތައުލީމަކާ ޤާބިލް ކަމަކުން ތޯ މީނަ އައްޔަންކުރީ. 25 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރި ތައުލީމީ ޢިލްމީ ޤާބިލުބޭފުޅުން އެބަތިބި. ރަށު ރައްޔިތުންވިސްނަވާ މީ ތިވަރުގެ ހޮސްޕިޓްލެއް ހިނގުމުގެ އެއްވެސް ތަޖުރިބާއެއް ޤާބިލް ކަމެއް ހުރި ބޭފުޅެއްނޫން.

  3. ތެދުބަސް

  4. ސަޖިދާ00

    މީނަގެ ފެންވަރު ؟ 25 އަހަރު ބޭސް އަޅަން ތިބި ނަރުހުންވެސް އެބަތިބި. 25 އަހަރު ފޫޅުމައިންނަށް އުޅު ނަރުހުން ވެސް އޭން މީހަކަށް ކީއްވެތޯ ހަވާލު ނުކުރީ....