މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 972839 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، %9.1 ގެ އިތުރުވުމެކެވެ. 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 892025 ފަތުރުވެރިންނެވެ.

މި އަހަރުގެ އޮގަސްޓް މަހަށް ބަލާއިރު، ރާއްޖެއަށް މި މުއްދަތުގެ ތެރޭގައި 123992 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2017 ވަނަ އަހަރުގެ އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރީ 121310 ފަތުރުވެރިންނެވެ.

އޯގަސްޓްމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ވަނީ ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގޫރޯޅި

    ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަންގޮވާނުލާނަމަ އަދި ޓްރެވަލްބޭންތައް ނާޅުވަަންޔާ އަދި ހާދަ ބަޔަކު އަންނާނެ. ދެން އެހެން ނޫނަސް އެއްކަލަ ޖަމާއަތްތަކުން ވެސް މީހުން ފޮނުވާނެތާ އެމީހުންގެ ޖަޒީރާ ރާއްޖެއައް.