ދުނިޔޭގައި މިހާރު އެންމެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް އެއާފްލީޓް ކަމަށްވާ ގަތަރް އެއާވޭސްގެ ޓިކެޓްތައް އޭސް ޓެރެވެލް މޯލްޑިވްސް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އޭސް ޓެރެވެލް މޯލްޑިވްސްއަލޯ އަކީ ގަތަރް އެއާވޭސްގެ އަލަށް ހަމަޖެއްސެވި ޕެސެންޖާ ސޭލްސް އެޖެންޓެކެވެ.

އޭސް ޓެރެވެލްސް އިން ބުނީ، މިފަހުން ގަތަރް އެއާވޭސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ގަތަރް އެއާވޭސްއިން ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދިޔުމަށް ޓިކެޓް އޭސް ޓެރެވެލް މޯލްޑިވްސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

"ގަތަރް އެއާވޭސްގެ ހުރިހާ ޓިކެޓިންގ އެންޑް ރިޒަވޭޝަންސް އޭސް ޓްރެވެލްސް އިން މިހާރު ލިބޭނެ". އޭސް ޓެރެވެލްސް އިން ބުންޏެވެ.

މީގެ އިތުރުން، އޭސް ޓްރެވެލްސް އިން ސްރީލަންކަން އެއާލައިންސްއިން ދަތުރު ކުރާ ހުރިހާ މަންޒިލެއްގެ ޓިކެޓްތައް ލިބޭއިރު، ރާއްޖެ ތެރެއަށް ދަތުރުކުރާ ރާއްޖޭގެ އެއާލައިންތަކުގެ ޓިކެޓްތައްވެސް އޭސް ޓެރެވެލްސް އިން ލިބޭނެކަމަށް އޭސް ޓެރެވެލްސް އިން މައުލޫމާތު ދެއެވެ.