މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ބުނެފިއެވެ.

މީރާ އިން ބުނީ، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %19.4 އިތުރު އަދަދެއް ކަމަށެވެ.

ފެބުރުވަރީ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަޑު ސަބަބުތަކަކީ، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލަގަނެފައިވާ އަދަދު އިތުރުވުން ކަމަށެވެ. ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު %13.6 އިތުރުވެފައިވުމެވެ.

އަދި މީގެ އިތުރުން 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ މި މަހުގެ ތެރޭގައި ބަލައިގަނެފައިވުންކަމަށް މީރާ އިން ވަނީ ބުނެފައެވެ.

މީރާ އިން ބުނީ، ފެބުރުވަރީ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީން ކަމަށެވެ. އެއީ 800.11 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީއެވެ. އެއީ 122.88 މިލިއަން ރުފިޔާއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 77.35 މިލިއަން ރުފިޔާ ލިބުނުއިރު، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.61 މިލިއަން ރުފިޔާ އަދި އެއަރޕޯޓު ސާރވިސް ޗާޖެސް 65.58 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މީގެ އިތުރުން އެހެނިހެން ޓެކުހާއި ފީ 124.10 މިލިއަން ރުފިޔާ ލިބުނެވެ.

ފެބުރުވަރީ 2018ގައި ބަލަގެންފައިވާ އާމްދަނީގެ ތެރޭގައި 54.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަސޮރު

  އެކަމަކުވެސް ހަމަ ކޮންމެ ކަމެއް ކުރަނވެސް ލޯން މި ނަގަނި... މި ލާރިއަށް ވާ ގޮތެއް ނޭނގެ

 2. ތިކި

  މާލޭ ޕާކު، މާލޭ ހޮސްޕިޓާ، މާލޭ ސްވިމިންޕޫލް، މާލޭ އާޓިފިޝަލްބީޗު، މާލޭ 25 ބުރި ބުރީގެ އިމާރާތް، މާލޭ ހަޓް، މާލޭ ސާފުފެނާއި ނަރުދަމާފުޅު މާލޭ ބުރި ޖު... އަވަހަށް ތަރއްގީ ކޮށް ނިންމާލާފަ އަތްޖަހާ. އަތްޖަހާއިރު މުޅިރާއްޖެހިމެނޭހެން ރައްޔިތުން އަތްޖެހުމުގަ ބައިވެރިވާތި. ރަހަނުލާ މުގު ބަތްޕެން ކެކޭވަސް އެބަދުވާތަ.

 3. ހާމިދު

  ލިބުނީތަ ނޫނީ ފެލާލެވުނީތަ؟

 4. އެއްމެން

  ކެނެރީގޭ މުހަޢްމަދު ނަޝީދު ވެރިކަމުން ފޭބި މުނާސަބަތު މިއަހަރުވެސް ކުލަގަދަ ކޮށް ފާހަގަ ކުރަން އުޅެން ހަދައިގެން ރާއްޖެއަށް އިތުރު މުސީބާތް ކުރިމަތިވި. އެހެން ނޫންނަމަ މުޅި އަހަރުގެ ރެޕޯޓްވެސް ދާނީ ޕޮޒެތިވްކޮށް. އެހެންވީމައޭ އޭނަ ކަރުގަ ކަށްޓެއް ޖެހިގެނަ އުޅޭމީހަކުހެން ތެޅިބާލަނީ.

 5. ތޮއްތޮ

  މީކީ ޔާމީން ވެރިކަމުގަ ހުރެގެން ލިބޭ އެއްޗެއް ނޫން.. ގާސިމް މެން ގަވައިދުން ދައްކާތީ ލިބެނި.