ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާގެ ފަރާތުން "ހޮންޑާ މޯލްޑިވްސް"ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު އެކަމަށްޓަކައި ޝީޝާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި ބްރޭންޑް އެމްބެސެޑަރެއްގެ އެގްރީމެންޓްގައި ވަނީ ސޮއިކޮށްފައެވެ. މި އެގްރީމެންޓްގައި ޝީޝާގެ ފަރާތުން ސޮއިކުރެއްވީ ޝީޝާގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ.

ހޮންޑާ މޯލްޑިވްސްގެ އެމްބެސަޑަރަކަށް ސާއިދު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

އެގްރީމެންޓްގައި ސޮއި ކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެމުން ޖުމާން ވިދާޅުވީ، ހޮންޑާގެ ރާއްޖޭގެ އެމްބެސަޑަރަަކަށް ސާއިދު ހަމަޖެއްސީ ސާއިދުއަކީ އޭނާގެ ފީލްޑްގައި ރާއްޖެއަށް އެންމެ ގިނަ ވަނަތަކެއްް ހޯދާދީފައިވާ ވަރަށް އަހުލާގު ރަނގަޅު އެތްލީޓަކަށް ވާތީ ކަމަށެވެ.

"މި ކޮމްޕެނީ އަކީ 1987 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ކުންފުންޏެއް. މިތާގައި ފިލޯސޮފީތަކެއް އެބަހުރޭ. އެއަށް އެންމެ ރަނގަޅު މީހަކަށް މި ފެންނަނީ ސާއިދު" ޖުމާން ވިދާޅުވިއެވެ.

ޖުމާން މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖުމާން މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޝީޝާ އިން ބުނީ ސާއިދު ހޮންޑާ ބްރޭންޑްގެ އެމްބެސެޑަރަކަށް ހަމަޖެއްސުމުން، އޭނާ ބޮޑަށް މަސައްކަތް ކުރާނީ ރާއްޖެއަށް އެތެރެ ކުރާ ހޮންޑާ ސައިކަލްތަކާއި، ޕަވާ ޕްރޮޑަކްޓްސްތަކާއި، އޭގެ ސާވިސްތައް ރިޕްރެޒެންޓް ކުރުމަށް ކަމަށެވެ.

ސާއިދު ވިދާޅުވިގޮތުގައި، މިފަދަ ފުރުސަތެއް ޝީޝާއިން އޭނާއަށް ދިނީތީ ވަރަށް އުފާވެއެވެ. އަދި މީގެންވެސް އެނގެނީ އޭނާ ކުރަމުންދާ ބުރަ މަސައްކަތް ޝީޝާއިން ބަލައިގެންފައިވާކަން ކަމުގައި ވެސް ސާއިދު ވިދާޅުވިއެވެ.

ސާއިދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ސާއިދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖުމާން ވިދާޅުވިގޮތުގައި، އަންނަ އަހަރުވެސް ސާއިދުގެ ވަރަށް ބައިވަރު މުބާރާތްތަކެއް އޮންނައިރު، ޝީޝާގެ ފަރާތުން ސާއިދުއަށް އެ ކުންފުނިން ދެވެން ހުރި ސަޕޯޓް ދޭނެއެވެ.

ސާއިދުއަކީ ޝީޝާއިން ހޮންޑާގެ ބްރޭންޑް އެމްބެސެޑަރަކަށް އެންމެ ފުރަތަމަ ނެގި ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    މަރުހަބާ ސާއިދު.

  2. ސަމާ

    ސާއިދު އަށް މަރުހަބާ،

  3. މަރިޔަމް

    މަރުޙަބާ ސާއިދު....ޝުކުރިއްޔާ ޝީޝާ.