މޯލްޑިވް ގޭސް އިން ވިއްކަމުން އަންނަ ދަގަނޑު ފުޅީގެ ގޭސް ފުޅިތައް، ޒަމާނީ ލުއިފުޅިއަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިރޭ މޯލްޑިވް ގޭސް ޕާކުގައި ބޭއްވި ހަފްލާއެއްގެ ތެރެއިން ވަނީ "ސިލިންޑަރ އެކްސްޗޭންޖް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ތައާރަފްކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށެވެ.

މޯލްޑިވް ގޭސްގެ މެނޭޖަރ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އާމިނަތު މުހައްމަދު ސައީދު (އައިންތު) ވިދާޅުވީ، މި ޕްރޮމޯޝަންގެ ތެރެއިން، މޯލްޑިވް ގޭސްގެ ކަސްޓަމަރުންގެ ތެރެއިން ދަގަނޑު ފުޅި ގެންގުޅުއްވާ ފަރާތްތައް ލުއި ފުޅިއަށް ބަދަލުކޮށްލުމަށް ދޭ ފުރުސަތެއް ކަމަށެވެ. މި ފުރުސަތުގައި މޯލްޑިވް ގޭސްގެ ދަގަނޑުފުޅިއަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން، ރަޖިސްޓަރ ކުރަން ދެއްކި އަގާއި، ލުއި ފުޅި ރެޖިސްޓަރ ކުރަން ނަގާ ފުޅީގެ އަގުގެ ތަފާތު ދެއްކުމުން މުޅިން އާ ލުއި ފުޅިއަށް ބަދަލުވެގެން ދާނެ ކަމަށް އައިންތު ވިދާޅުވިއެވެ.

އައިންތު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އައިންތު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

"ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ކަސްޓަމަރ ކޯޑް ވިދާޅުވެފައި، އެބޭފުޅަކު ގެންގުޅުއްވާ ދަގަނޑު ފުޅި އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވީމަ އެބޭފުޅަކު ރަޖިސްޓަރ ކުރައްވާފައި އިންނަ ދަނގަޑުފުޅީގެ އަދަދަށް، ލުއިފުޅި އޭގެ ބެލެންސް ޕޭ ކުރައްވާފައި މިކޮޅުން ފޯރުކޮށްދޭނެ". އައިންތު ވިދާޅުވިއެވެ.

ދަގަނޑު ފުޅި ރެޖިސްޓަރ ކުރުމަށް ދައްކަން ޖެހޭނީ 650 ރުފިޔާއެވެ. އަދި ލުއިފުޅީގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ 1774 ރުފިޔާއެވެ.

މޯލްޑިވްސް ގޭސް އިން ޕްރޮމޯޝަނެއް ފެށުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މޯލްޑިވްސް ގޭސް އިން ޕްރޮމޯޝަނެއް ފެށުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

"އެހެންވީމަ އޭގެ ޑިފަރެންސް ޕޭކޮށްލީމަ، ފުޅިއަށް، ފުޅި ބަދަލުކޮށްމިދެނީ". އައިންތު ވިދާޅުވިއެވެ.

މޯލްޑިވް ގޭސް އިން ވިއްކާ ލުއިފުޅިއަކީ ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ، ދަބަރު ނުޖަހާ ފުޅިއެވެ. މި ފުޅީގެ ގޭސް ހުންނަ ލެވެލް ބޭރުން ފެންނަން ހުންނާނެއެވެ. އަދި ސީތްރޫ ޓްރާސްޕޭރެންޓް ކަވައެއް ލާފައި ފުޅި ހުންނައިރު، މި ފުޅިއަކީ ބަދިގޭގެ ކަބަޑް ސެޓްތަކުގެ ރީތިކަން ނުގެއްލޭގޮތަށް ތައްޔާރުކޮށްފައިވާ ރީތި ފުޅިއެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މޯލްޑިވް ގޭސް އިން ބުނީ، މި ޕްރޮމޯޝަން މާލޭގެ އިތުރުން، ހުޅުމާލޭ އާއި ވިލިމާލޭގައި ވެސް ކުރިއަށްގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭބެ

    ބައްލަވާ މިހާރު މިގެންގުޅެނީ ތިބޭފުޅުންގެ ފުޅިނޫންތޯއެވެ ަަެަެ އެފުޅިއަށް އަޅަނީ ހަމައެކަނި ތިބޭފުޅުންގެ ރިހާކުރެވެ. އެހެންކަމުން ބިއްލޫރިފުޅި ތިބޭފުޅުންް އެތެރެކުރުންހުއްޓާލައި ޕުލާސްޓިކުފުޅިއަށް އަޅުއްވާފައި ރިހާކުރު ވިއްކަވާނަމަ އަޅުގަނޑުމެންގެންދާ ތިބޭފުޅުން ކުރިންދެއްވި ބިއލޫރިފުޅި ބެހެއްޓެވުމަށްފަހު ތިޔަތަނުން ޕްލާސްޓިކު ފުޅިއަކަށް ރިހާކުރު އަޅުއްވާފައި ދެއްވާށެވެ. އޭރުން ދެން ގެންދާފަހަރަކުން ގެންދާން ހުންނާނީ ލުއިފުޅިއެއްނޫންތޯއެވެ.

    އަޅުގަނޑުމެން އަތުން ފުރަތަމަ އެތެރެކުރި ފުޅިތަކަށް އަގުނަގައިގެން ތިބޭފުޅުން އެތައް އަހަރެއްވަންދެން އަޅުގަނޑުމެންނަށް ބޮޑުއަގުގައި ގޭސްވިއްކައި އެތައްސަތޭކަ މިލިޔަން ރުފިޔާގެ ފައިދާ ހޯއްދެވުމުންވެސް އަދިވެސް ނުފުދެނީތޯއެވެ. ތިޔަައީރައްޔިތުންގެ ކުންފުންޏެވެ. އެހެންކަމުން ފުޅީގެ އަގަށް އތުރަށް އެއްޗެއްނުނަގައި ދެއްވިއްޔާ ކިހާ ރަނގަޅުވީސްތޯއެވެ.

  2. ޑިމޮކްރަޓިސްޓް

    ބަޔަކު 1100ރ އިތުރަށް ދައްކައިގެން ކުރާވަރުކަމެއްނޫން ތީކީ.. ކަލޭމެން ގޭސްފުޅިއުފުލަން ތިގެންގުޅޭ ބަންގާޅިންނަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ، އެކަން ހިލޭ ކޮށްދޭނެ.. ދަގަނޑުފުޅި ކޮނޑަށް އަރުވަިގެން 10ބުރިޔަށްވެސް އެއަރަނީ ހަމަ އެމީހުން.. މީ ކުންފުނިން އެމީހުންގެ މުވައްޒަފުންނަށް ކޮށްދޭންޖެހޭކަމެއް.. ކަސްޓަމަރަށް ލުޔަސް ބަރަސް ގޭސްލިބުނީމަ ނިމުނީ..

    • ރަސުން

      މި ބަރާބަރު ވާހަކައެއް

  3. ގޭސް

    ވިލާ ގޭސް ފައިބަރ ފުޅި މާ އަގު ހެޔޮ

  4. އައްޔުބެ

    އަހަންނަށް ބަންގާޅިއަކު ދީފައިވާ ލުއިފުޅިއެއް އެބަހުރި އެފުޅި އެއްކަލަ ދަގަނޑުފުޅިއަށް ބަދަލުކޮށްލަދީފިއްޔާ އަހަރެންގެ ޝަކުވާއެއްނެތް. ކިހާސަޅި.