އަގުހެޔޮ ޓިކެޓް ނުލިބި ގިނަ ބަޔަކު އެކަމާއި ޝަކުވާ ކުރަމުން ދަނީ ދުރާލާ ޓިކެޓް ނަގަން ނޫޅޭތީކަމަށް ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލޭންޑް އޭވިއޭޝަން އިން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތް ހަމީދު ވިދާޅުވީ، ޗުއްޓީއަކަށް ހާއްސަ ކުރުމުގެ ބަދަލުގައި މުޅި އަހަރު ތެރޭގައިވެސް މޯލްޑިވިއަން ފްލައިޓްތަކުން ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށެެވެ.
"އަޅުގަނޑުމެންނާއި ވަރަށް ގިނައިން ޖައްސާ މައްސަލައެއް އަގުހެޔޮކޮށް ސީޓެއް ނުލިބޭކަމަށް. އެ ވާނެ ގޮތަކީ ކޮންމެ ފްލައިޓެއްގައިވެސް އުޅޭނެ ހަމަ ރަނގަޅު އަދަދަކަށް އަގުހެޔޮ ސީޓު. އޭގެ ރަނގަޅު ގޮތަކީ ދުރާލާ ވިސްނައިގެން ޓިކެޓް ބައްލަވައިގަތުން". ނަޝާތް ވިދާޅުވިއެވެ.
ނަޝާތް ވިދާޅުވީ، އާއްމުކޮށް އަގުބޮޑު ފެއާތައް މި ލިބެނީ ފުރަން ބޭނުންވާ ދުވަސް ކައިރިވެ އެންމެ ފަހު ވަގުތު ޓިކެޓް ނަގަން އުޅޭ ފަރާތްތަކަށް ކަމަށެވެ.
"އައްޑު އަތޮޅަށް ދުވާލަކު ހަ ފްލައިޓް އަޅާއިރު، މަދުވެގެން އުޅޭނެ 60 ސީޓު އެންމެ ލޯ ފެއާގައި. ކުރިން ބައްލަވާގަތީމާ އެ ފެއާ އަޅައިގަންނާނެ". ނަޝާތް ވިދާޅުވިއެވެ.
ދުރާލާ ގުޅާއިރަށް ބުނަނީ "ނޮޓް އެވޭލަބަލް" އެކަމަކު އެހެންފެއާއަކުން ލިބިދާނެޔޯ. އެއީ އެއްކަލަ އަގްބޮޑް ފެއާ.
ވަރަށް ސަޅިއެއްނުން. މިހާރު ގޯސްވީ އަހަރުމެން. އަހަރެން ބުނާނީ ކަނޑުމަގުން ދަތުރު ކުރާށޭ!
ތިވަރުގެ ތެދެއްމީހަކަށް ނެހެދޭނެ!
ތާރީހެއްބުނާއިރަށް ބުނާނެ ތިތާރީހުގަ ފްލައިޓް ހަމަ ޖެހިފައެއް ނެތޭ، ދެން ކިހިނެއް ދުރާލާ ނަގަނީ
ޢަޅުގަނޑަކީ ފުރުމުގެ 10 ދުވަސް ކުރިން ޓިކެޓް ނަގަން ދިޔަ މީހެއް ޓިކެޓް ލިބުނީ 1534 ރުފިޔާ އަށް އެއްކޮޅު އިށީންނަން ޖެހުނީ ފުލައިޓުގެ އެންމެންގެ ކުރިމަތީގައި ހުންނ ބާކީ ގޮޑީގައި.. ކިހާ އަވަހަކަށް ނެގީމަތޯ އަގުހެޔިވަީ
ބާކީ ގޮޑި އަކީ ވަކި ފެއަރ އަކަށް ވިއްކާ ގޮޑިއެއް ނޫން.
ޗެކިން އަށް ބޭފުޅާ ދުރުވީ ކިހާ އިރަކު ތޯ؟
ޗެކިން އަށް ކޮންމެ ގަޑިޔަކު ދިޔަޔަސް ދިހަދުވަސްކުރިން ޓިކެޓް ނަގާ ރިޒާވްކުރި ސީޓް ހުސްކޮށް ހުންނަންވާނެ ދޯ!
ނަޝާތު ބުންޏަސް ތީ ހަމަ ކަނޑައެޅިގެން ދޮގެއް!! ކިތައްމެ ދުރާލާ އޫޅުނަކަސް ތިއެއް ނުލުިބޭ ނުވިތާކށް ތިބުނާ ސްޕެޝަލް ފެއަރގަ ފްލައެިޓެއްގަ ދެވެން އިންނަނީ ކިތައް ސީޓް ކަމެއްވެސް އިނގޭ މީހަކު ނޫޅޭ. އެކަމަކު ސަރުކާރުގެ މަތީ ފަންތީގެ މީހަކަު ގުޅާލާއިރަށް ބޭނުން ވަރަކަށް ލިބޭ..
ވީމާ މާމޮޅުވާހަކަ ދައްކާނެ ކަމެއް ނެތް.
މަ ހުވައި ބިއްލާހި
1 މަސް ކުރިން ޓިކެޓް ނަގަން ދިޔައިމަ ވެސް ތިބުނާ އަގު ހެޔޮ ޓިކެޓެއް ނުލިބުން. މިއަށްވުރެން ކުރިން ދަތުރު ރާވާކަށް ނޭގޭނެ ކަންނޭގެ މީހަކަށް
އަހަރެން މިއަދު މިނެގީ މިމަހު 17 ގަ ފުރަނ ފުވައްމުލަކް އަށް...ލިބުނޠ 3162ރ އަށް ދެކޮޅު...! ކަޑަ؟؟؟؟
ފެއަރ ޓިކެޓް ހުންނައިރުވެސް އެބަދޭ ނުލިބިޭ ..... ރައްޓެހިންނާއި ތިމާގެ މީސްމީހުންނަށް ކޮންމެއިރަކު ޓިކެޓް ނެގިޔަސް ފެއަރ ޓިކެޓް ލިބޭ...
ޢަހަރެމެން ވަޒީފާ ތަކުގަ އުޅޭމީހުންނަށް ހިތައްއަރާހާ ފަސޭހައިން ޗުއްޓީ ޔަގީންވާނަމަ ދުރާލާ ޓިކެޓް ނަގާނަން. ޗުއްޓީއަށް އެއްއަހަރު ކުރިން ފޯމްލީމަވެސް އެއްމެ ފަހުވަގުތުވެސް އެބަބުނޭ މިފަހަރަކު ނެތޭ ޗުއްޓީދެވޭކަށް މިވަރުން ދުރާލާ ޓިކެޓްނެގޭވިއްޔަ.
އެއްޗެކޭކިޔެއްޖިއްޔާވަރިހަމަވާނެ. 3 މަސްކުރިންނަގަންއުޅުނުޓިކެޓްްއަށްވެސްވީ ހަމައެވަރު..
ވިޔަފާރި ކުންފުންޏެއްގެ ޒިންމާދާރު މަގާމެއްގައި ކަސްޓަމަރުން ބޮލުގައި އިލްޒާމް ނާޅުވާ،، ކިތަންމެ އަވަހަކަށް ފުރަން ޖެހުނަސް ، މިއަދު ފުރަން މިޔަދު ޓިކެޓް ނަގަން ދިޔަޔަސް ޖާގަ ދިނުމުގެ ފެންވަރު ކުންފުނީގައި ހުންނަ ވަރަށް ކުންފުނި ތަރައްގީ ކުރުމުގެ ޒިންމާ ބޮލުގައި އަޅައިގެން ތިބެ ކުޑކުދިން ދައްކާ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ ، ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ކުންފުނިން މަސައްކަތް ކުރަން ޖެހޭނީ ، ކުންފުނިން ބޭނުންވާ ކަސްޓަމަރުން މަސައްކަތް ކުރަން ލާޒިމެއް ނޫން. ވިޔަފާރި ނޭނގެންޏާ މަގާމު ދޫކޮށް ގޭގަ ތިބޭ...
މަހުވައި ބިއްލާހި ނަޝާތު ތޯދޮގޮނިހަދަ ތަގޭ އިސްޓާފުންނަކީ ކަސްޓަމަރުންނާއި ވާހަކަ ދައްކާޝަސްނިއެގޭމީހުން>>>>
ލަންކާ ދެކޮޅު ޓިކެޓް މަނެގިން 458 ޑޮލަރަށް. ފަހު ވަގުތު އުޅުނީމަ އަގުބޮޑު ވޭ ހުރިހާ އެއަރލައިން ތަކުންވެސް.
ތެދެއް. ކުރިން އުޅުނީމަ އަގުހެޔޮ ޓިކެޓްލިބޭ.
ޢަގުހެޔޮ ފެޔާރ ޓިކެޓް ތައް ހުންނަނީ އެޖެންޓުން ހޯލްޑް ކޮއްފައި، އަދި ވިއްކަނީ ބޮޑު އަގުގައި. ދުވަހަކުވެސް ޓިކެޓްގެ އަގު ކަސްޓަމަރަށް ނުފެންނާނެ އަދި ނުވެސް ދައްކާނެ
ޓިކެޓު ވިއްކާ ތަންތަނުގަ ތިބޭ ކުދިން ފެއާ ޓިކެޓް ހޮލްޑު ކޮށްފަ އެމީހުންގެ ޢާއިލާއާއި ރައްޓެހިންނަށް ދެނީ. ދެން އަހަރުމެންނަށް ކޯއްޗެއް ލިބޭނީ؟
މިއީ ފުވައްމުލަކުގެ ޓިކެޓް ވިއްކާ ތަންތަނުގެ ހާލަތު.
ތިތަނުގައި ޓިކެޓްވިއްކަން ތިބޭ ކުދިންގެ ބިޓުންނަށާއި ފެމިލީމީހުނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ! އަގުހެޔޮ ފެއަރ އެއް ހަމަޖެހޭއިރަށް ހުރިހާ ޓިކެޓެއް ފޯނު އަތްގަޑަށް ގޮސް ހުސްވާނެ ! ދެންކިހިނެއްތަ ދުރާލާ ޓިކެޓް ނަގާނީ ؟
އެންމެފަހުން ވެސް އައްޑޫއަށް މި އައީ ސިލޯނަށް ދާ އަގުގައި
އަގުހެޔޮ ޓިކެޓް ނުލިބެނީ ދުރާލާ ޓިކެޓް ނަގަން ނޫޅޭތީކީ ނޫން. އޭގެ ފަހަތުގައި އެހެނިހެން ސަބަބު ތައް އެބަހުރި. އެ ސަބަބުތައް ހާމަ ކޮށްދެއްވުމަށް ފަހު އެކަންތައްތައް ޙައްލު ކޮށް ދެއްވުުން އެދެން.
(ލުއި ޝަކުވާ: ގައުމުގެ އެއްވެސް އިދާރާ އެއް ކުންފުންޏެއްގައި މިހާރު އެއްވެސް ބަހަކުން އެބަހެއްގެ ގަވާޢިދާއި އެއްގޮތަށް ޖުމްލަ އެއް ބުނަން އިނގޭ މީހަކު ހުރި ހެނެއް ހީ އެއް ނުވޭ!)
ދުރާލާ ވާނީ ކިހާ އަވަހަކަށް ނެގީމަތޯ؟؟؟
އަދިވެސް ކެވޭ ވަރު މަދީ ކަލޭމެންނަށް ...........