ރާއްޖޭގެ އެންމެ ތަފާތު، އަގުބޮޑު ރިސޯޓްތައް ހިންގާ ސޮނެވާ ކުންފުނިން އެކުންފުނީގެ ރިސޯޓްތަކަށް ފަތުރުވެރިން އުފުލަން ހާއްސަ ސީޕްލޭނެއް ބޭނުން ކުރަން ތައްޔާރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެނެޑާގެ ޑީއެޗްސީ-6 މަރުކާގެ ސީޕްލޭނަށް ބަދަލުތައް ގެނެސްގެން އެންމެ ލަގްޒަރީ ފެންވަރަށް މިހާރު ސީޕްލޭން ވަނީ ތައްޔާރު ކޮށްފައެވެ. މިފްލައިޓަކީ 19 މީހުންގެ ޖާގައިގެ ފްލައިޓެއް ނަމަވެސް ސޮނޭވާ އިން ވަނީ ފްލައިޓްގެ އެތެރެއަށް ބަދަލުތައް ގެނެސް 10 މީހުންގެ ޖާގައިގެ ފްލައިޓަކަށް ބަދަލުކޮށްފައެވެ. އެއީ ފަސެންޖަރުންނަށް ޖާގަ ތަނަވަސް ސީޓްތަކެއް ދިނުމުގެ ބޭނުގައި ގެނެސްފައިވާ ބަދަލެކެވެ.

ސޮނޭވާ ސީޕްލޭންގެ އެތެރެ
ސޮނޭވާ ސީޕްލޭންގެ އެތެރެ

ރިޕޯޓްތައް ބުނާ ގޮތުގައި މި ސީޕްލޭން ބޭނުން ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ.އަތޮޅުގައި އޮންނަ ސޮނޭވާ ފުއްޓާއި ނ.އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ އަށް ފަތުރުވެރިން އުފުލުމަށެވެ. މިސީޕްލޭންގެ ދަތުރުތައް ފަށާނީ އަންނަ ޑިސެމްބަރ މަހުގެ މެދެތެރޭގައެވެ.

"މިއީ އަޅުގަނޑުމެންގެ ޚިދުމަތައް ލިބިގެން ދާނެ އިތުރު ފުރިހަމަ ކަމެއް. ހަމައެކަނި ސޮނޭވާގެ މެހެމާނުންނަށް ހާއްސަކޮށްގެން މި ސީޕްލޭނުން ޚިދުމަތް ދެމުން ގެންދާނީ." ކުންފުނީގެ ސީއީއޯ ސޯނޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސީޕްލޭންގެ ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ގިނަ ދުވަސްތަކެއް މިކަމަށް ހޭދަވި ނަމަވެސް ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ކުރި ބުރަ މަސައްކަތް ސީޕްލޭނުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސީޕްލޭން މިހާރު ވަނީ ރާއްޖެ އައުމަށް ފުރާފައެވެ. ކެނެޑާ އިން ރާއްޖެ އައުމުގެ ދަތުރުގައި ސޮނޭވާގެ ސީޕްލޭން އައިސްލޭންޑާއި ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މަޑުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑެލްބޯއި

    މީ ވަރަށް ދެރަކަމެއް. އެއްޕާޓީއަކަށް ހުރިހާކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ. ޓުއަރ އޮޕަރޭޓަރ ކަމާއި، ރިސޯޓް ހިންގުމާއި، މުދާ އެތެރެކުރުމާއި، މަތިންދާބޯޓު ދުއްވުމާއި އެމްޕްލޯއިމަންޓް އޮފީސް ހިނގުމާއި އެއަރލައިން އެޖެންސީކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި މިހެން ގޮސް ހުރިހާ ކަމެއް އެއްބަޔަކު ކުރާނަމަ އެހެން މީހުން ކުރާނެ ކަމެއް ނޯންނާނެއެވެ.ރިސޯޓް އޯނަރުން ވެސް އެހެން މީހުންގެ ފަރާތުން ހިދުމަތް ލިބިގަންނަންޖެހޭނެއެވެ. އެންޓި ޓްރަސްޓް ޤާނޫނެއް ފާސްކޮށް ކޮންސިއުމަރުންނަށާއި ޓްރޭޑަރުންނަށް އިންސާފު ލިބިދޭންޖެހޭ!!!

    • ކަންފަތް

      ތިވާހަކަ ނުދައްކާށެވެ. ހުރިހާކަމެއް ވެސް ހިނގަނީ ހަމަ ތިޔަ ވިދާޅުވި ގޮތަށެވެ. ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޡާމެކޭ ކިޔާ މިއޮތްމާތް ޑިމޮކްރަސީ އަށް ބައްލަވާލައްވާށެވެ. އެއްބާރު އަނެއްބާރު ރައްޔިތުންގެ ޙައްޤުގައި ހަމަ ގަދަފައި ވިއްދާފަ އެތިބެނީ ވިޔަފާރިވެރިންގެ އުނގުގައެވެ. ވެރިކަން ކުރާ ބާރުންވެސް ބޭނުންވަނީ ފައިސާއެވެ. އަދުލަށް މަސައްކަތްކުރާ މީހުންގެ އެންމެ އިސް މަސްލަހަތަކީ ރައްޔިތުންނާއި ދީނާއި ގައުމެވެ. ދެންތިބީ މާތްކަމުން އެމީހުންގެ ފަސްބައި ހުދުވެގެން ގޮސް އެއާއި އެއްފަދަ ހުދު އެހެން އެއްޗެއް ނެތް ފަދައެވެ.
      އެމީހުންނަށް ރައްޔިތުން ފެންނާނީ ދައުރު ނިމޭ ހިސާބުންނެވެ.
      މީ މިކަންކަން ހިނގަން ރައްޔިތުންގެ މެޖޯރިޓީ ވެސް ބޭނުންވާ ގޮތެވެ.
      ދެން ވިޔަފާރީގެ ކަންކަން އޮންނާނެ ގޮތް ވިސްނާލައްވާ!!

  2. ހަސަންބެ

    ތިއީ ލޭންޑުގަ ޖައްސާ އެއްޗެއް ނޫންތަ!!!

    • ފައިޞަލް

      ރާއްޖޭ ގަ މިހާރު ދުއްވާ ހުރިހާ ސީޕްލޭން އެއްވެސް މި ކޮޅަށް އަންނަ އިރު ހަމަ ހުންނާނީ ވީލްސް ގަ. އެ ދެން މިކޮޅަށް އައީމަ އޭގަ ފްލޯޓްސް އަޅުވާފަ ސީޕްލޭން އަކަށް ބަދަލު ކޮށްލަނީ. ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން

  3. ޒާ

    މީ ވަރަށް ދެރަކަމެއް. ރިސޯޓްގެ ގީބަށް ފައިސާ ވެއްދޭގޮތަށް ހުރިހާ ކަމެއްވެސް މި ކުރަން. މީ ރާއްޖޭގެ ޓޫރިޒަމް އޮތުމުން ރައްޔިތުންނަށް ފައިދާ ނުކުރިކަމަކީވެސް. ރިސޯޓުން އަމިއްލައަށް ހިންގަނީ، ޑައިވިން އާއި ވޯޓާ ސްޕޯރޓްސްވެސް. އަމިއްލައަށް ސްވެނިއަރ ފިހާރަ، އެއްވެސް ރަށަކަށް ޓޫރިސްޓުން ދިޔަވެސްނުދޭ ވިޔަފާރިއެއް ކޮށްފާނެތީ. ދެން މިފެށީ އަނެއްކަންތައް. ބޭރުގެ ކުންފުންޏަށް ހުރިހާ ފައިސާއެއް ދަމާލެވޭ ގޮތަށް މިހެދީ. މިކަންކަން ހުއްޓުވަންޖެހޭނެ.