ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ދައްކާފައި ނުވާ ކުންފުންޏަކުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ އަދި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީރާ އިން ބުނި ގޮތުގައި ޖީއެސްޓީ ނުދެއްކުމުން، އެއަށްވާ ފައިސާ އާއި ޖޫރިމަނާ ދެއްކުމަށް ޙުކުމް ކޮށްފައިވަނީ އޮކްސީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މައްޗަށެވެ.

އިއްޔެ މި ޙުކުމް ކޮށްފައިވާއިރު، އެކުންފުނިން މީރާ އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 140،493 (އެއް ލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ތިން ރުފިޔާ) އަށް އަރައެވެ.

އޮކްސީ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޟިރުގައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސް ކުރުމަށް ވަނީ ޙުކުމް ކޮށްފައެވެ.