ފެލިވަރު މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފެލިވަރު މަސް ފެކްޓްރީއަށް 41 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ފެލިވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، 50 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭ ފެލިވަރު މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"މިގޮތުން ފެކްޓްރީއަށް އުމްރާނީ ތަރައްޤީގެ އިތުރުން ތަނުގެ މުވައްޒަފުން ބިނާކޮށް ޓްރެނިއިން ކުރަންޖެހޭ, މި ހުރިހާކަމެއްގައި ފެކްޓްރީގެ މުވައްޒަފުންނާއި މެނޭޖްމަންޓު ގުޅިގެން މަސައްކަތްކުރަން ޖެހޭ" އިސްމާއިލް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މިފްކޯ އަދި ފެލިވަރު ހިންގުމަށްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް ވާދަވެރި ސިނާއަތެއްކަމަށާއި މިފްކޯ އަދި ފެލިވަރު ފަދަ ކުންފުނިތަކުން ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުން މުހިއްމުކަމަށެވެ.

1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ފެށި ފެލިވަރު ކާރުހާނާގެ އޮޕަރޭޝަންތައް ފުޅާކޮށް ޒަމާނާ އެއްގޮތަށް ތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަކީ، ތަނުގެ މުވައްޒަފުންނާއި ޅ.އަތޮޅުގެ ރައްޔިތުންވެސް ކުރާ އުންމީދެއްކެވެ.

ފެލިވަރު މަސް ކާރުހާނާގައި ފުރަތަމަ މަސައްކަތް ކުރީ 70 މުވައްޒަފުން ކަމުގައިވިޔަސް މި ފެކްޓްރީގައި މިހާރު 400 ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

މިއަދު ބޭއްވު ރަސްމިއްޔާތުގައި މިފްކޯގައި 36 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާބޭބެ ނޭފަރު

    މީ އަޅެ ބުރާންތި އަރާފަ ހުރި އެމް ޑީ އެއްތަ. ކެޕޭސިޓީ ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އިތުރު ކޮށފައި. ވާނުވާ ނޭގޭ މީހުން އެމް ޑީ ކަމު ލީމާވާނީ މިހެން. އެހެންތާ ވާނީ ޖަލްސާގަވެސް ސްޕީޗް ދިނީ އެއްޗެއްގައި ލިގެންގޮސް ، ކޮށާ ކޮށާގެން. ކުިޑަ ކުއްޖަކުވެސް އެއަށްވުރެ ފަރިތަކޮށް ކިޔާނެ.

    • ހުސޭނުބޭ

      އެސޮރަށް އަދި ފެލިވަރު ކިޔަންވެސް ނޭގެޔޯ!

  2. ނަޒީމު

    50 ޓަނުގެ މަސް ދުވާލަކު ބަންދުކުރަމުން އައި ތިޔަ ފެކްޓަރީ 15 ޓަނަށް ކެޕެއިސިޓީ ދަށްކުރީ އަންނި! ޢަރަބޫސީ (މަސް އައިސްކުރާ ތަން) 400 ޓަނުން 100 ޓަނަށް ބަދަލުކުރީ އަންނި! ފެލިވަރު މީހުން ދިރިއުޅޭ ރަށަކަށް ހަދާ ގޯތިދޫކުރީ އަންނި! އަލުން ފެލިވަރު އަރާނުގަނެވި އުޅެނިކޮށް ތިޔަކިޔަނީ ފޭކް! އަގައިންކުރޭ!

  3. މޯޑް

    ދަށަށްދާނީ! ބަލަންތިބެބަލަ!