ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލެގްޝިޕް ފޯނު، ގެލެކްސީ އެސް 10ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފު ކުރަން ނިންމައިފިއެވެ.

ދިރާގުން ބުނިގޮތުގައި، މި އިވެންޓް ބާއްވަން ގަސްތުކޮށްފައިވަނީ އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ބްރިޖް ވިޔުއިން ޕްލެޓްފޯމުގައި ކަމަށެވެ.

މި އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގައެވެ.

މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.

މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލާނެއެވެ. އަދި އޭގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން މަސައްކަތްކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެގޮތް ހޯދައިދިނުމެވެ.

މިރޭ ތަޢާރަފްކުރެވޭ ސެމްސަންގެ ގެލެކްސީ އެސް 10، އަމިއްލަ ފުޅަށް ބައްލަވާލެއްވުމުގެ އިންތިޒާމް ލޯންޗް އިވެންޓްގައި ހުންނާނެއެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާއެވެ. ދިރާގުން2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.