މިފްކޯ އަށް މަސް ކިރުމުން މަސްވެރިންނަށް ފައިސާ ނުލިބޭތީ، މަސްވެރިކަން ކުރަން އިތުރަށް ނުފުރި ބައެއް ދޯނިފަހަރު ރަށުގައި ބަނދަރު ކުރަން ޖެހުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ދެކުނުގެ މަސްވެރިންތަކެއް ބުނީ ފަހަކަށް އައިސް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވީނަމަވެސް މިހާރު މަސްވެރިންނަށް މިފްކޯ އިން ފައިސާ ނުދޭކަމަށެވެ.

"އިއްޔެ ވެސް ކޫއްޑޫ އަށް މަސްކިރުމުން ފައިސާއެއް ނުލިބުނު. މިހާރު މަހެއްހާ ދުވަސް ވެއްޖެ ގަވައިދުން ފައިސާ ނުލިބޭތާ. މީގެ ކުރިން ފައިސާ ނުދިން ނަމަވެސް ދޯނިތަކަށް ތެޔޮ އަޅައިދޭ. ނަމަވެސް އިއްޔެ 400 ލީޓަރު ޑީސަލް ކޮންމެ ދޯންޏަކަށް ދިނީ. އެއީ މަހަށް ފުރޭނެ މިންވަރެއް ނޫން. އެހެންވެ މިއަދު މަހަށް ނުފުރުނު. ފައިސާ ނުލިބޭތީ އެހެން ތަނަކުން ވެސް ތެޔޮ ގަނެވޭނެ ގޮތެއް ނެތް." އިއްޔެ ހަތަރު ޓަނު މަސް ބޭނި ދޯންޏެއްގެ މަސްވެރިޔަކު ބުންޏެވެ.

ދޯންޏެއްގެ އޮޑިވެރިޔަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދޯންޏަށް ވެސް މިފްކޯ އިން ދޭން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެބައޮތް ކަމަށެވެ.

"އިއްޔެ ފައިސާ ނުލިބުމުގެ އިތުރުން ތެޔޮ ވެސް ނުލިބުނު. ހަމައެކަނި އަޅުގަނޑުމެންގެ ދޯނީގައި ވެސް 20 އަށް ވުރެ ގިނަ މީހުންގެ އާމްދަނީ މިހުއްޓުނީ. ފައިސާ ލިބޭނެ ދުވަހެއް ވެސް މިފްކޯ އިން ވިދާޅެއް ނުވޭ." އޭނާ ބުންޏެވެ.

އޭނާ ބުނީ މަސްވެރިންނަށް ފައިސާ ނުލިބޭތީ ރޭ މިނިސްޓަރ ޒަހާ އަށް ގުޅުމުން އެއީ އެކަމަނާ އާއި ބެހޭ ކަމެއް ނޫންކަމަށް ވިދާޅުވި ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ ތިއީ ތިމަންކަމަނާ އާއި ބެހޭ ކަމެއް ނޫނޭ. އެސްޓީއޯއަށް ގުޅާށޭ." އޮޑިވެރިޔާ ބުންޏެވެ.

މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ވަގުތު" އަށް ވިދާޅުވީ "ކޮންމެވެސް ވަރެއްގެ ޑީލޭއެއް ފައިސާ ދިނުމުގައި އެބައުޅޭ." ކަމަށެވެ. ނަމަވެސް ތަފްސީލެއް އޭނާ ނުދެއްވިއެވެ.

ފާއިތުވި ދެތިން ހަފްތާގައި ރާއްޖޭގެ ދެކުނަށް ވަނީ ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވެފައެވެ. ނަމަވެސް ފައިސާ ނުލިބޭތީ ތެޔޮ ގަންނާނެ ފައިސާ ނެތިގެން މިއަދު ގިނަ އަދަދެއްގެ ދޯނިތައް މަހަށް ނުފުރާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޢަލީ

    އެ ދޯނިތަކުގެ މީހުންނަށް ނޭނގިގެން އެއުޅެނީ، މިހާރު ފައިސާ ޖަމާވާނީ ކާޑަށް ކާޑު ހިފައިގެން ބޭންކަށް ދިޔައިމާ ލާރި ލިބޭނީ،

    38
    10
    • އައްޑޫސިޓީ

      ތިޔަފައިސާލިބޭކާޑު އޮތީއިބޫއަތުގަ. މިހާރުލާރިކޮޅު ނަގައިގެން ކެމްޕެއިންކުރަނީ.

      46
      2
  2. ކުދުބެއްޔާ

    މަސްވެރިންނަށް ކޭސްކާރޑް ހެއްދުވީ ކޮން ބޭނުމަކު ބާވައެވެ ރުފިޔާ ޖަމާނުކުރާހާލުގައި ކީއްކުރާ އެއްޗެއްހެއްހެވެ އެވެސް މަސްވެރިންނަށް ދައްކާލި ދަޅައެކެވެ ފައިސާ ނެތިއްޔާ ނުވާ ހާލުގައި ފެކްޓަރީ ނުހިންގީމަ ނިމުނީ ނޫންހެއްޔެވެ

    60
    1
    • މޮހޮދޭ

      އަދިވެސް ދޯނި ތަކުގައި ގަދައަށް ރީދޫ ދިދަފަތި ދަމާލާ އޭރުން ލަރިލިބޭލެއްއަވަސްވާނެ.

      57
      2
  3. އަޙައްމަދުބެއްޔާ

    އަހަރެންގެ ޅިޔަނަކު ގެމަނަފުށި މަސްވެރިއަކަށް އުޅެއެވެ އޭނާ އަތުގައިވެސް ކޭސް ކާރޑެއް އޮވެއެވެ އެކަމަކު އެއަށް ފައިސާއެއް ޖަމައެއްނުކުރެއެވެ މަސްކިރުވީމާ އެފައިސާ ޖަމާކޮށްދޭން ޖެހޭނެއެވެ

    50
    1
  4. މަސްވެރިޔާ

    ކޮބައިތޯ ތައާރުފް ކުރި މޮޅު ކާޑު ..... އިސްތިހާރު ވަރަށް މޮޅު.......... ރައީސް ވެސް ވިދާލުވި ދެން ފައިސަ ނުލިބެގެން އުޅޭކަށް ނުޖެހޭނެއޭ ދަންނަވަންތޯ ކާޑު އޮތަސް އެކައުންޓްގައި ފައިސާ ނެތިއްޔާ ކިހިނެތް ލިބޭނީ ، އެރޭވެސް ބެންކް އ . މެނޭޖަރ ބުނުއްވި މިފްކޯއިން ގަވާއިދުން ފައިސާ ޖަމާކުރުމުން ކާޑުން ލިބޭނެއޭ......މިފްކޯ ގެ ދަރަނި ފިލުވާ އެކަން ކުރެވޭނީ ވަރަށް ހިކުމަތްތެރި ވަަރަށް ގަދަ މީހުންނަށް އެކަން ކުރަން ކުރީގެ ރައީސް ގެންނަން ވީ ހެން ހީވަނީ.........

    73
    3
  5. ކުދުބެއްޔާ / ގެމަނަފުށި

    ކޮބާ މަސްވެރިންގެ ޙައްގުގައި ނިކުންނާނެ މެމްބަރަކު އެބައުޅޭބާވައެވެ ގެމަނަފުށީ މަސްވެރިންގެ ޙައްގުގައި އެދާއިރާއަށް ކުރިމަތިލައިގެން އުޅުއްވާ ބޭފުޅަކު އަޅެ ބަހެއް ވިދާޅުވެ ބަލާށެވެ

    47
  6. Anonymous

    ހަމައަގު ލިބެނީ ނު ތި. މިގައުމުގެ މަސްވެރިންނާޢި، ޓެކްސީ ޑްރައިވަރުންނަކީ އެންމެ ގަމާރުމީހުންކަން އޮތީ ސާބިތުވެފަ. ލޯނޭ ކިޔައިގެން މޑޕ އިން ހަޅޭއްލެވިއިރު މިވެރިން ބިރުން ފިތްކެނޑުނު މިމީހުންނަށް މިލޯނު ދައްކަން ޖެހޭތީ. މިހާރު އިންޑިޔާއިން އެނަގާ ލޯނުތަށް މިގައުމުގެ އަގަށްވުރެވެސް ބޮޑު. އެދައްކަނީ ކާކު؟ މިހާރު ޓެކްސީއަށް އަރާ އެންމެ ކައިރީ ލޯނުގެ ވާހަކަ ނުކިޔަނީ ކީއްވެބާ؟

    52
  7. Anonymous

    ހޮޔޮވެރިކަމުގެ ކޮޅުމަތި އަދި މިފެންނަނީ. ނިމިދިޔަ 5 އަހަރު ތެރޭ މަސްވެރިންނަށް މިމައްސަލަ ދިމާވިތަ؟ ނުވެއެއްނު. ވިސްނާ، ޖާހިލުކަމާއެކު ހަސަދަވެރިވެ، ހެޔޮލަފާ ވެރިއެއްގެ އަބުރު ކަތިލާ ވަގަށް ގޮވުމުގެ ނުބައި ކަމުގަ ހުރި ހިތިރަހަތޯއްޗެ ދިވެހިންގެ ކަރުބުރުޑުގައި މިހާރު މިލާންފެށީ. އަދި ކުރިއަށް 2 މަސްވަރު ދިޔައިމަ އެނގިގެންދާނެ އަނިޔާވެރިކަމަކީ ކޮބައިކަން.

    62
  8. އަޅެބެއްޔާ

    ކޮބާ މަސްވެރިންގެ ދުވަހު ވީ ވައުދުތައް ހަނދާން ނެތުނީ ތޯއެވެ އަވަސްވެ ގަނެގެން ހެއްދި ކޭސް ކާރޑްއަށް ފައިސާ ޖަމާ ކޮށްދީފި ބާވައެވެ ހައްތާވެސް ދައްކާ ދަޅައެވެ މިކަމުގައި ކުރިމަތިލައިގެން އުޅޭ މެމްބަރަކު އަޅެ އެބައުޅޭ ހެއްޔެވެ

    50
    1
  9. ގ ކެނެރީގޭ ވަގު

    އިންތިހާބުގަ ބުނި މަސްއައިނުގަ ހުއްޓަ ލާރިކޮޅު ދޭނެމޭ
    ދެންބުނީ ބެންކޮކައްށޭ ކިރާނީ ކިރާފަ މުދާ ގަނެގެނޭ އައްނާނީ

    37
    2
  10. މަރޭ

    މިމީހުން ވެރިކަމަށް އަންނަން އުޅުނު އިރު ހީވީ މަސްބާނާތަނުން މަސްގަނެ ވަގުތުން މަހަށް ވާ ފައިސާ ދީ އެބުނާ ހަމައަގު ދޭނެކަމަށް ، ނަމަވެސް މިވީ 5 ވަރަކަށް މަސްދުވަހު މިއުޅެނީ ޑިސެމްބަރ ބޭނި މަސްތަކުގެ ރުފިޔާ ނުލިބިގެން

    31
  11. ބަކުރުބެ

    ނޫނޭހަމަސަޅި މިހާރު ހަމައަގުލިބެނީ ޑޮލަރުން

    32
  12. ރަމީޒް

    މިއޮތީ ކާޑު! ހެހެހެ، ގިނަ ޢަދަދަކަށް މަސްކިރުވަންޏާ ކޮންމެ ވެރިކަމެއް އޮތަސް ފައިސާގެ ތާށިކަން އަންނާނެއެވެ. މަސް ކިރުވޭ މިންވަރުވެސް މަދުވާނެއެވެ. ކޮންމެ އެއްޗަކަށްވެސް އެޅޭނީ އެއެއްޗެއްގައި ޖާގައޮތް ވަރަކަށެވެ. 2012 ނިމުނުއިރު މަސްވެރިކަމުގެ ޞިނާޢަތު އޮތް ދަށުދަރަޖަ ދިވެހިންނަށް އޮޅިފައެއް ނޯންނާނެއެވެ. ޔާމީންގެވެރިކަމުގައި އެ ޞިނާޢަތް ކޮޅަށްޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށް މިފުކޯ އަރާގަތުމަށް އެސްޓީއޯއާ ޙަވާލުކުރީ އެހެންވެއެވެ. ދޯޏަކުން ވިހި ތިރީސްޓަނު މަސް ބާނާއިރު ތާށިވާނެއެވެ. އެކަމަކު އޭރު މިހާރުއެތިބަމީހުން ކީ އެއްޗެތި މިއަދު އެދަނީ އެ މީހުންގެ ބޮލަށް ކެނޑެމުންނެވެ. ކުޅަދުންވަންތަކަމާއެވެ! ދިވެހިންގެ ބޯގަޅިކަމާއެވެ!

    32
  13. ލަބީބު

    މިފްކޯއާ ޙަވާލުވެގެން މިހާރު އެތިބީ ކަމުގެ ވައްޓަފާޅިއެއް ޢިލްމެއްނެތް އަޞްލު ވަގުންނެވެ. މި ކަން ދުވަސްވީވަރަކަށް އެނގި ހާމަވަމުން ދާނެއެވެ.

    33
  14. އެގެންދާ 19

    ރައީސް ސޯލިހުބުނީ މަހެށްހާދުވަސް ފަހުން މަހުގެ ހަމައަގުލިބޭނެކަމަށް. އެހެންވީމަ މިއީ އޭގެ ކޮޅުމަތި. ހުވަދޫ މަސްވެރިން ނިގަންބޯއަށް ނައްޓާލާ މަސްކިރުވަން ހަމައަގުލިބޭނެ. މަސްވެރިންނަކީ ކުރީ ސަރުކާރު ބަދަލުކުރަން ވަރަށްފޯރީގަ ރޓީވީގަ ކެންޕޭނުކުރިބައެއް. މިއަދު ވިސްނޭނެބާ ވެރިޔާ ބަދަލުކުރިޔަސް ކަމުގެ އަސްލަށް ވާސިލު ނުވެވެންޏާ މައްސަލަ ހައްލުނުވާނެކަން. ކޭޝްކާޑެދިނަސް ކާޑުޖެހީމަ ނުކުންނާނެ ފައިސާ މެޝިނުގަ ނެތްނަމަ ކާޑުގެ ބޭނުމެނޯވޭ. އަދިވެސް ރަގަޅީ ކުރީ ސަރުކާރު އެސަރުކާރުން ވާހަކަދެއްކީ ކަމުގެ އަސްލާއެއްގޮތަށް މަހުގެ ހަމައަގު ނުލިބުނީ ޔޫރަޕް ބޭނުންވާގޮތަށް ދީން ވިއްކާނުލީމަ. ރޔާމީނަކީ ދީނާ ގައުމައްޓަކާ ފިދާވި ބަތަލެ. މިއަދު ގިނަބަޔަކު އެމަނިކުފާނު ވެރިކަމުގަ ނެތުމުން ހިތާމަކުރޭ.

    38
  15. މިގޭ

    ތިޔައީ ހަމަދޮގެއް ކޮބާ ކާޑު
    ރައްޔިތުންނޭ ވިސްނާ ވިސްނާ ހޭއަރާ
    އަދި ފަހުން ރޯނެ ވިސްނާފައި ވޯޓް ދޭތި.

    35
  16. އަޒާ

    ދެކޮނޑުހުޅު ލުހެންދެން އަތްޖަހާފަ މަސްއޮޑީގައި ރީނދޫ ފޭލި ފޭލި ދަމައިގެން ހެސްކިޔާފަ ޑީސަލްކޮޅު އަންދަމުން ބާރަށް ދުއްވާ، ހަމަ އަގު ލިބޭނެ..

    24
  17. ޢަބުދުއްރަޙްމާނުބޭ

    މިފްކޯ ފެލިވަރު ކާރުޚާނާގައި ދުވާލަކަށް 50 ޓަނުގެމަސްބަންދުކުރެެވެމުންދަނިކޮށް 2009 ގެ ކުރީކޮޅުންފެށިގެން ބަންދުކުރާމަސް 15 ޓަނަށް ބަދަލުކޮށް ، މަސް ރައްކާކުރާ ތަން 600 ޓަނުން 200 ޓަނަށް ކުޑަކުރިއެވެ. އަލުން އެދުވަސް މި އަންނަނީއެވެ. މަސްވެރިން ބޯން އުޅުނުބޮނޑި މިހިރަ ބޮވެނީއެވެ.

    17
  18. ހަސަން

    މުޅިންވެސް އޮޅުވާލުން ކާޑެއްދިނަކަސް ލާރި ޖަމާކުރީމަދޯ އެކާޑުން ލާރިނެގޭނީ މިސަރުކާރަކީ މަކާރާއި ހީލަތުން ފުރިގެންވާ ސަރުކާރެއް

  19. Anonymous

    ދެން އަވަހަށް ގޮސް ކައުންސިލް އިދާރާއަށް މަސްތައްއޅާލާ!! އެ އިރުން ގަޓުހުރި ބަޔަކަށްވާނީ.!!!

  20. ހުސޭނުބޭ

    އެހެންވިއްޔާ ދެކޮނޑު ލުހެންދެން ބާރަށް އަތްޖަހާ! ގިނަ މަސްވެރިންނަށް ކަމުދިޔައީ މުޙައްމަދު ނަޝީދުގެ މަކަރުވެރި ސަރުކާރު! ފޫކޮޅުގައި ރޯވީމާ ދެން އަލިފާއްނޯއްޔޭ ގޮވާނެކަމެއް ނެތް!

  21. އަހްމަދު

    މަސްވެރިން ތިޔަހަދަނީދޮގު. އެހެންނޫނީ ރައީސްސޯލިހު ހަދަނީދޮގު.

  22. ލުހެލީ

    ކަނޑުގާހުންނަ މަސް ވިޔަފާރިދަހިވެތިކަމުގަ ނަގާ ލުހެލީމާވާނީ ތިޔަހެން، ކާކަށްނޫން އެނަގަނީ

    4
    2
  23. ޢީސަކެޔޮޅު

    2008 ގެ ފަހުކޮޅުގައި ވެރިކަމާޙަވާލުވެފަ ބައިނަލްއަޤުވާމީ ދުނިޔޭގައި މަހަށް ނުލިބޭއަގު ވަޢުދުފުއްދުމުގެނަމުގައި މަސްވެރިންނަށްދީ މިފްކޯ އިނދަޖައްސައިލިއެވެ. ދެކޮޅުނުޖެހި ގޮތް ހުސްވެ މުސާރަތައް ކަނޑާ މަސްރައްކާކުރާތަނާ ދަޅުމަސް ހަދާމިންވަރު ތިންބައިކުޅަ އެއްބަޔަށް ދަށްކޮށް މަސްކިރާމިންވަރު އެތައްތަނެއް ދަށްކުރިއެވެ. މަސްވެރިންނަށް ގައިމުވެސް އެދުވަސް ފެނުނެވެ. އެކަމަކު މިފަހަރުވެސް ގުއިގައި ޖެހިއްޖެއެވެ.

    10
  24. ކޮރަޕްޓް

    ޒަހާ އަށް ހަރާން ފައިސާ ކޮޅެއް އެކަމާއި އުޅެގެން ނުލިބޭނެ ވިއްޔާ ކީއްކުރަން ދެރަ ނިކަމެތިންގެ ކަންކަމާ ވާންވީ؟

    7
    2
  25. ރާޅު

    ކަލޭމެންގެ ވެރިކަމުގަ މިފްކޯ އޮތީ ދަރުވާލާފަ. މާތާހިރެއްނޫންދޯ ވާހަކަ ދައްކާކަށްދޯ...

  26. ނޫރު

    މިފްކޯގެ ޓީމަކީ މިކަމަށް ގާބިލް ޓީމެއްނޫން. ރައީސް މައުމޫނުގެ ދުވަސްވަރުންފެށިެން ތިއްބެވި މީހުން.. ސަރުކާރު ބަދަލްވީމަ ކޮޅު ބަދަލް ކޮށްލަނީ. އެސްޓިއޯގެ ދަށުގައި ކުންފުނި ބާއްވާފައި އޮތީ.. އެސްޓިއޯއަށް ޑޮލަރ ހޯދަން.
    މިފްކޯގެ ކުރީޓީމުގައި ހިމެނޭ ރިޒާ ފަދަ ތަޖުރިބާކާރު ބޭފުޅުންނަށް ފުރުސަތު ނުލިބިދިއުމީ ހުރި ގެއްލުމެކެވެ. މަސްވެރިކަމަކީ ތަޖްރިބާއާއި ބޭރުން ފަންޑް ހޯދަންޖެހޭ ސިނާއަތަކަށްވާއިރު މިފަދަ ޤާބިލް ޓީމްތައް ތިބެންޖެހޭ. މިހާރު ތިބި މީހުންނަކަށް މިކަން ނުވާނެ.