ހަފްތާ ސޭލްގެ ނަމުގައި ރެޑްވޭވުން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށުނު މިޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތައިން ބުދައަށް، 100ރ މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

ހަފްތާ ސޭލްގައި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ އަށް 5،000ރ، 2 ވަނަ އަށް 3،000ރ އަދި 3 ވަނަ އަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިނާމްލިބޭ ފަރާތަށް ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި އިނާމް ހަވާލުކުރެވިގެން ދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. އަދި މީގެ އިތުރުންވެސް ހަފްތާ ސޭލުގައި ކަނޑައެޅޭ އައިޓަމްތަކަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދެވިގެންދާ ކްލިއަރެންސް ސޭލްތަކެއް އެޅުވޭނޭއެވެ. އެގޮތުން މިހަފްތާގައި ޑިސްކައުންޓް ދެވިފައިވާ ކަނޑައެޅިފައިވާ މޮޑެލްތަކެއްގެ އަވަން އަދި ބަތްކާ ތަށިން ވަނީ %50 ހެޔޮކުރެވިފައެވެ.

ރެޑްވޭވުން މައުލޫމާތު ދެއްވަވާގޮތުގައި ހަފްތާ ސޭލް ބޭއްވުމުގެ އެއް މަޤްސަދަކީ މިހާރު ހަފްތާގެ ބަންދުގައި، ދިގުލައިން ތަކުގައި ގިނަވަގުތު ހޭދަކޮށްގެން ކަސްޓަމަރުންކުރާ ވިޔަފާރިއަށް ލުޔެއް ދިނުމެވެ. އަދި ކާބޯތަކެތީގެ އިތުރުން ރެޑްވޭވުން އަބަދުވެސް ހެޔޮ އަގުގައި ލިބިގެންދާ އައިޓަމްތަކަށް ކަސްޓަމަރުންގެ ސަމާލުކަން ގެނައުމެވެ. މީގެ އިތުރުން؛ ރެޑްވޭވް އިހްތިޔާރު ކުރާ ކަސްޓަމަރުން ފާހަގަކޮށް ކުރިއަށް ހުރި ޕްރޮމޯޝަންތައް އެކަސްޓަމަރުންނަށް ފައިދާވާނޭ ފަދަ ގޮތަކަށް ބައްޓަން ކުރުމެވެ.

ރެޑްވޭވްގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ހަފްތާ ސޭލްގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ. ހަފްތާ ސޭލް ކުރިއަށްދާގޮތަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.