ބްރޭންޑެޑް ފޯނާއި، ފޯނާއި ގުޅުން ހުރި އެސެސަރިސް ވިއްކަމުން އަންނަ ސުޕަރ މޯބައިލް އިން "ސުޕަރ ޕްރޮމޯޝަން"ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 10 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ސުޕަރ މޯބައިލް ފިހާރައިން ފޯން ގަންނަ ކޮންމެ ފަރާތަކަށް ހާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ. އެ ހަދިޔާއަކީ ގަންނަ ކޮންމެ ފޯނަކާއެކު، ޓެމްޕާޑް ގްލާސް އެއް ނޫނީ ފޯން ކަވަރެކެވެ.

ސުޕަރ މޯބައިލްއަކީ ރާއްޖެއަށް ބްރޭންޑެޑް ފޯންތައް ހެޔޮއަގެއްގައި ވިއްކަމުން އަންނަ ފިހާރައެކެވެ. އެ ފިހާރައިން ވިއްކަނީ އޮރިޖިނަލް ފޯންތަކެވެ. އެތަނުން ވިއްކާ ފޯންތަކަށް އެއް އަހަރުގެ ދުވަހުގެ ވޮރެންޓީވެސް ލިބޭނެއެވެ.

އެ ފިހާރައިން އައިފޯންގެ އެންމެ ފަހުގެ ފޯންތަކާއި، ސެމްސެންގ، ވާވޭ، ޒިއޯމީ، ނޮކިއާ މި ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި އެ ފިހާރައިން އެޕަލް ވޮޗް ސީރީޒް 4 އާއި ސެމްސަންގެ ވޮޗްގެ އިތުރުން ފޯންތައް މަރާމާތުވެސް ކޮށްދެއެވެ.

އެ ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ. އެގޮތުން ސުޕަރ މޯބައިލް ފިހާރައިން މާލެ ހުޅުމާލޭގެ އިތުރުން، ރިސޯޓްތަކަށާއި، އަތޮޅު ތެރެއަށްވެސް ޑެލިވަރީ ހިދުމަތް ދެއެެވެ.

ގިނަ ބައެެއްގެ މަގުބޫލުކަން ހޯދާފައިވާ އެ ފިހާރަ ހުންނާނީ އަލި ރަސްގެފާނު މަގާއި، ބޮޑު ރަސްގެފާން މަގު ގުޅޭ ކަންމަތީގައެވެ.