ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ހޮންޑާ ބްރޭންޑްގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން ލ. ގަމުގައި އެ ކުންފުނީގެ ޝޯރޫމެއް ހުޅުވައިފިއެވެ.

ލ. ގަމުގައި ޝީޝާގެ ޚިދުމަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ތުނޑީ އަވަށުގައި ކުރިޔަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި ޝޯރޫމް ހުޅުވައިދެއްވީ، ޝީޝާގެ ސީއީއޯ، އިބްރާހީމް ހުޝާމް އެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިންގ ހެޑް، ފާތިމަތް ޖުމާން ވަނީ ލ. އަތޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. ޖުމާން ވިދާޅުވީ މިއީ ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެއް ކަމަށާއި، ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ އުންމީދު ކުރަމުންދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ޝީޝާގެ އައުޓްލެޓެއް ލ. އަތޮޅުގައި ހުޅިވިގެން ދިއުމުން އެކަމުގެ ލުއިފަސޭހަތަކާއި ފައިދާތައް އެ އަތޮޅަށް ވެސް ލިބިގެންދާނެ ކަމަށް ޖުމާން ވިދާޅުވިއެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

ޖުމާން ވިދާޅުވީ، ޝީޝާގެ އެހެން އައުޓްލެޓްތަކުންވެސް ލިބޭ ޚިދުމަތްތައް ލ. އަތޮޅު އައުޓްލެޓުން ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސައިކަލު ވިއްކުމާއި އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރުންފަދަ ޚާއްސަ އެތައް ޚިދުމަތްތައް މި އައުޓްލެޓާއެކު ލ. އަތޮޅަށް ލިބިގެންދާނެ ކަމަށް ޖުމާން ވިދާޅުވިއެވެ. ޖުމާން ވިދާޅުވީ، މިއީ ވަރަށް ފުރިހަމަ ފެށުމެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މި ފެށުން އިތުރަށް ފުރިހަމަވެ، ލ. އަތޮޅަށް ޝީޝާގެ ސާވިސް ސެންޓަރެއްވެސް އަންނާނެ ކަމަށެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

އިއްޔެ ލ. އަތޮޅު ގަމު ތުނޑީ އަވަށުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ، މުޙައްމަދު ވިސާމް އާއި، ޝީޝާގެ ސީއީއޯ، އިބްރާހީމް ހުޝާމް އާއި ލ. އަތޮޅު ކައުންސިލް އާއި އެހެން މުވައްސަސާތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

ޤުރުއާނުގެ ބަރަކާތުން ފެށި މި ރަސްމިއްޔާތުގައި ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރި ވެފައިވާއިރު، މި ރަސްމިއްޔާތުގެ ތެރެއިން އެ އަތޮޅުގެ މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ، "ކޭބޯލާ"ގެ ފޯރިގަދަ ހުށަހެޅުންތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ބައިވެރިވި ކުޑަކުދިންނަށް، ޝީޝާގެ ފަރާތުން ހަދިޔާވެސް ބަހާފައި ވާއިރު، ޖުމްލަ ގޮތެއްގައި މި ރަސްމިއްޔާތަށް ރަށު ރައްޔިތުންގެ ލޯތްބާއި ބޮޑު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

މިއީ ޝީޝާ އިން އަތޮޅުތެރޭގައި ހުޅުވި ހަތަރު ވަނަ ޝޯރޫމެވެ. ލ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވި މި ޝޯރޫމާއެކު، އެ އަތޮޅުގެ ރަށްތަކުން އެންމެ ފަހުގެ ސައިކަލުތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. ލާމު އަތޮޅަކީ އާބާދީ ބޮޑު، ގިނަ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރީތި އަތޮޅަކަށްވެފައި މި އަތޮޅުގައި ޝީޝާގެ ޝޯރޫމެއް ހުޅުވުމުން، އެ އަތޮޅުގެ ރައްޔިތުންނަށް ސައިކަލު ގަތުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ޝީޝާ ލާމު ޝޯރޫމުންވެސް ސައިކަލު ވިއްކަމުން ދާނީ، މާލެ އިން ވިއްކަމުން އަންނަ އަގުތަކުގައެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

މި ޝޯރޫމުންވެސް ޝީޝާގެ އައުޓްލެޓްތަކުގައި ކުރިއަށްގެންދާ ޕްރޮމޯޝަންސްތައް ކުރިއަށްދާނެއެވެ. އެގޮތުން މިހާރު ޝީޝާ އިން ކުރިޔަށްގެންދާ ޚާއްސަ "ބޯނަސް" ޕްރޮމޯޝަން ލާމު ޝޯރޫމުގައި ވެސް ކުރިޔަށްދާނެއެވެ. ޝީޝާ ބޯނަސް ޕްރޮމޯޝަންގައި ސައިކަލު ގަންނަ ފަރާތްތަކަށް 3000 ރުފިޔާ އާއި 6000 ރުފިޔާ އާއި ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. އެއް މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ވެސް ޝީޝާގެ ކަސްޓަމަރުންނަށް ލިބިގެން ދެއެވެ. މި އިނާމްތަކުގެ ތެރޭގައި، ހޮންޑާ ބްރޭންޑް ގެ ޕްރޮޓެކްޓިވް ކަވަރު، ހޮންޑާ ބްރޭންޑްގެ ހެލްމެޓް، އެޗް.ޓޫ.ސީ ބްރޭންޑްގެ ހެލްމެޓް އަދި ކުޑަކުދިންގެ ޓީޝާޓު ހިމެނެއެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

ޝީޝާ ލާމު އައުޓްލެޓާއެކު ލ. އަތޮޅު ރައްޔިތުންނަށް ޝީޝާގެ އެހެން އައުޓްލެޓް ތަކެކޭވެސް އެއްގޮތަށް ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވިގެން ދިޔައިރު، ލ. އައުޓްލެޓުގެ ފުރަތަމަ ވިހި ކަސްޓަމަރުންނަށް ޝީޝާގެ ޚާއްސަ އިނާމުތަކެއް ހުށަހެޅިފައިވެއެވެ. ޝީޝާ އިން ބުނާގޮތުގައި އެންމެ ފުރަތަމަ އެ އައުޓްލެޓްތައް މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތްތަކަށް ހިލޭ ހެލްމެޓް ލިބިގެންދާނެއެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

ޝީޝާ އިން އަންނަނީ ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލުތައް ދިވެހިންނަށް ލުއިފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދެމުންނެވެ. ޝީޝާ އިން ވިއްކާ ސައިކަލުތަކުގެ ތެރޭގައި، އެންމެ ފަހުގެ އެއާބްލޭޑް، ސްކޫޕީއައި ކްލަބް12، ސްކޫޕީއައި ޕްރެސްޓިޖް، ވޭވް125އައި، ވޭވް110އައި، އަދި ޒޫމާ އެކްސް ހިމެނެއެވެ. މި ސައިކަލުތައް އެއްކޮށް ފައިސާ ދައްކައިގެންނާއި، ޝީޝާ އިންސްޓޯލްމެންޓް މެދުވެރިކޮށް، އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް ޝީޝާގެ ލާމު ޝޯރޫމުންނާއި އެނޫންވެސް އައުޓްލެޓްތަކުން ލިބޭނެއެވެ.

ލ. އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޝީޝާ

ސައިކަލުގެ އިތުރުން އިތުރުން، ޝީޝާ އިން އަންނަނީ ސައިކަލުގެ ސްޕެއަރ ޕާޓްސް އާއި، ޕަވާ ޕްރޮޑަކްޓްސް އާއި މަސްވެރިކަމަށް ދޯނި ފަހަރުގައި ބޭނުންކުރާ ވޯޓާ ޕަމްޕްވެސް ޝީޝާގެ ޝޯރޫމްތަކުން ލިބެން ހުރެއެވެ.

ޝީޝާ އިން އިއްޔެ ލ. ގަމުގައި ސައިކަލު ޝޯރޫމެއް ހުޅުވިއިރު، މި އަހަރު ފަހުކޮޅުގައި ގއ. ވިލިގިނލީގައި އާއި ގދ. ތިނަދޫގައި ވެސް ޝީޝާގެ ސައިކަލު ޝޯރޫމެއް ހުޅުވުމަށް ވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝީޝާއަކީ ރާއްޖޭގެ މަޝްހޫރު "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރުކަން ލިބިފައިވާ ކުންފުންޏެވެ.