ފާއިތުވި ފަސް އަހަރު ދުވަސްތެރޭ ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތައް ނިމުމާއެކު ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓު ދަށަށް ގޮސްފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައި ބުނެފައިވަނީ މަރާމާތު ކުރުމަށް ބޭނުންކުރާ ލަކުޑި އާއި ދަގަނޑާއި ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި އިމްޕޯޓް ކުރާ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ދަށްވެފައިވާ ކަމަށެވެ. އަދި އެދާއިރާއަށް ދޫކުރި ބޭންކް ކްރެޑިޓު އެ މުއްދަތުގައި އިތުރުވެފައިވީ ނަމަވެސް އިމްޕޯޓު ދަށްވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓް ދަށްވެފައި ވަނީ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތައް ނިމިފައިވާތީއެވެ. އަދި މި އަހަރުގެ މިހާތަނަށް މި ދާއިރާގެ އިމްޕޯޓުުގައި ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ ރިސޯޓުތަކުން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
އެގޮތުން އެ ދާއިރާއިން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އިމްޕޯޓް ކުރި މުދާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ 19 ޕަސެންޓް ދަށްވެފައެވެ.
މި ދާއިރާގެ އިމްޕޯޓުގައި 45 ޕަސެންޓް ރިސޯޓުތަކުން ހިއްސާކޮށްފައި ވާއިރު ޕްރައިވެޓް ކުންފުނިތަކުގެ ހިއްސާއަކީ 43 ޕަސެންޓެވެ. ސަރުކާރު ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނިތަކުން ހިއްސާ ކޮށްފައި ވަނީ އެންމެ 12 ޕަސެންޓެވެ.
މި ސަރުކާރުގަ ރައީސް ޔާމީން ހިންގެވި ކަހަލަ ބިޔަ މަޟްހޫރުތައް ހިންގުމުގެ ގާބިލިތްޔަތު ނެތީމަ ދެން ތިކަހަލަ ކިތައްމެ ކަންތައްތަކެއް ފެންނަމުން ދާނެ