ރާއްޖޭގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވް ގޭސް އުފެދިފައިވަނީ 1999 ވަނަ އަހަރުގައެވެ. އެ ކުންފުނީގެ އަހަރީ ދުވަހަކީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

މޯލްޑިވް ގޭހުން ބުނީ، އަހަރީ ދުވަހާއި ގުޅިގެން އެ ކުންފުނީގެ މާލެ، ވިލިމާލެ އަދި ހުޅުމާލޭ، މިއިން ކޮންމެ އައުޓްލެޓަކުން ކުރައްވާ ވިޔަފާރީގެ ތެރެއިން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައި ގަންނަވާ ކޮންމެ އެއްޗެއް މުޅިން ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކަމަށެވެ.