ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އިއްޔެ އެކަނިވެސް ރެކޯޑް އަދަދަކަށް އެއާ ކާގޯ ހެންޑްލްކޮށްފައިވާ ކަަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓްޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ އިއްޔެ އެކަނިވެސް 302 ޓަނުގެ ކާގޯ އިއްޔެ ހޭންޑްލްކޮށްފައިވާ ކަަމަށެވެ. އޭގެ ތެރެއިން 114 ޓަނުގެ ކާގޯއަކީ ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަަކަށް އެއާ ކާގޯ ހޭންޑްލް ކުރި ދުވަސްކަމަށް އެމްއޭސީއެލް އިން ބުންޏެެވެ.

ވެލާނާ އެއަރޕޯޓު ތަރައްޤީކޮށް ޚިދުމަތްދޭ މިންވަރު އިރުކުރުމަށް އެމްއޭސީއެލް އިން އެއްބިލިއަން ޑޮލަރުގެ ވަރުގަދަ މަޝްރޫއެއް ފަށާފައިވާއިރު، މި މަޝްރޫއުގެ ތެރެއިން 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން ވަނީ ފަށައިފައެވެ.

މިހާރު އެ އެއާޕޯޓްގައި ހިދުމަތްދެމުންގެންދަނީ 50،000 ޓަނުގެ ކާގޯއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޭޓް

    ރެކޯޑް އަދަދަކަށް ފޮށި ފަޅާފަ އެހެންވީމަ އޮންނާނީ.

  2. މުޙައްމަދު

    ކުރީގައިފޮށީގައިހުރިއެއްޗެހިނަގާހުލިކޮއްފާހުރީމާމިހާރުފޮއްޓަންއެއްޗެހިއަޅާފުރާލަނީ ހޭޓް

  3. ނުނނު

    ދެން އެންމެ ބާރަށް އަތްޖަހަން ވީނުން.