ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ވިޔަފާރިއަށް އެންމެ ފަހުން ވަން މަންތާ އެއާ އިން ސީ-ޕްލޭން ދަތުރުތައް ފެށުމަށް ތިން ވަނަ ސީ-ޕްލޭން ރާއްޖެ ގެނެސްފިއެވެ.
މަންތާ އެއާގެ ތިން ވަނަ ސީ-ޕްލޭން ރާއްޖެ ގެނެސްފައި ވަނީ އިއްޔެ ހަވީރު އެވެ. މިމަހު ކުރީކޮޅު މަންތާ އެއާއިން ވަނީ ދެ ސީޕްލޭނެއް ގެނެސްފައެވެ. އަންނަ އާދީއްތަ ދުވަހު ހަތަރު ވަނަ ސީ-ޕްލޭން ރާއްޖެ ގެންނާނެކަމަށްވެސް މަންތާ އެއާއިން ބުނެއެވެ.
އަންނަ މަހު މަންތާ އިން ސީޕްލޭން ދަތުރުތައް ފަށާއިރު ޖުމްލަ 10 ސީ ޕްލޭން މަންތާ އެއާގެ ސީ ޕްލޭން ފްލީޓްގައި ހިމެނޭނެކަމަށްވެސް މަންތާ އެއާއިން ބުނެއެވެ.
މަންތާ އެއާއިން ސީޕްލޭން ދަތުރުތަކުގެ ޚިދުމަތް ފަށާނީ މިހާރު އެއާލައިނުން ޚިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިސޯޓްތަކަށްކަމަށް މަންތާ އެއާއިން ބުނެއެވެ. މަންތާ އެއާއިން ބުނީ ކުރިއަށް އޮތްތަނުގައި ސީ ޕްލޭންގެ ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާއި އެޑްވާންސް ބުކިންގ ޚިދުމަތް ދެމުންދާނެކަމަށެވެ.
މަންތާ އެއާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއާލައިންގެ އުދުހުންތައް މިހާރު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.
މިކަހަލަ ބޯޓެއް ދިވެހި އަސްކަރީޔައް ގަނެދީބަލަ.