އަންހެނުންނަށް ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ލޯން ސްކީމުން 200 އެއްހާ އަންހެން ކަނބަލުންނަށް އެ މީހުން ބޭނުންވާ މަސައްކަތެއް ކުރިއަށްގެންދިޔުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ލޯން ސްކީމުގެ ޖުމްލަ އަދަދަކީ 20،046،000 ރުފިޔާ އެވެ. މިގޮތުން މި އަދަދު ހަމަވަންދެން 50000 ރުފިޔާއާއި 100000ރުފިޔާ އާއި ދެމެދުގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، ކަނބަލުންގެ ލޯނު ސްކީމްގެ ދަށުން 50000 ރުފިޔާ އާއި 100000 ރުފިޔާ އާ ދެމެދުގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގާތްގަނޑަކަށް 200 އަށްވުރެ އަންހެނުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަަމަށެވެ.

"މިސާލަކަށް 50 ހާސްވެއްޖެޔާ 400 ކޮންމެވެސް އަޅުގަނޑު މެންނަށް ލޯނުގެ ގޮތުގައި ދެވޭނެ. އެހެންވީމަ ވަަރަށް ގިނަ އަދަދެއްގެ ފަރާތްތަކަށް ލޯނު ދިނުމަށްޓަކައި މި އޮތީ މިގޮތަށް 50 ހާސް އާއި އެއްލައްކައާ ދޭތެރޭގައި". ޑެޕިޔުޓީ މިނިސްޓަރު ވިދާޅުވިއެވެ.

ތައުފީގް ވިދާޅުވީ، އުއްމީދަކީ ފަންޑު ހުސްވަންދެން އެޕްލިކޭޝަންތައް ލިބިގެންދިޔުން ކަމަށެވެ.

އާދަމް ތައުފީގް ވިދާޅުވީ، ލޯންތައް ބޭނުންވާ ފަރާތްތަކުގެ އެދުމުގެ މަތިން، މަސައްކަތެއް ފަށަން ނުވަތަ މަސައްކަތެއް ފަށައިގެން އުޅޭ މީހުންނަށް ލައްކައެއްހާ ރުފިޔާއިން އެ މީހުން އެ ކުރާ މަސައްކަތައް އެހީކަމަށްވާނެ ކަަމަށެވެ. އަދި މިފަދަ ލޯންތަކަކީ މިހާރުވެސް އަންހެނުންގެ ތެރޭގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެ މީހުންގެ ވިޔަފާރިތައް ކުރިއަރުން ދޭ އެހީއެއްކަމަށްވެސް އާދަމް ތައުފީގް ވިދާޅުވިއެވެ.

ލޯނު އަދަދު 50000ރުފިޔާއަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވާނެއެވެ. ލޯނު އަދަދު 50001 އާއި 100000 ދެމެދުގެ އަދަދެއްނަމަ، ލޯނަށް އެދޭ އަދަދުގެ %130 (ސަތޭކަ ތިރީސް އިންސައްތަ) އަގުހުރި، ބޭންކް އޮފް މޯލްޑިވްސް ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.

ލޯނަށް އެދި ހުށަހަޅާ ފޯމްތައް އިކޮނަމިކް މިނިސްޓްރީއިންނާއި ބިޒްނަސް ސެންޓަރުތަކުން 25 ފެބްރުވަރީ އިން 1 މާރިޗު ގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 ވަންދެން ބަލައިގަންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 1 މާރިޗު 2018 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އީމެއިލް މެދުވެރިކޮށް، ފޯމު ހުށަހަޅުއްވާނަމަ، މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލްއިން ފޮނުވައިގެންވެސް ފޯމު ހުށަހެޅުއްވޭނެއެވެ.

މި އަަހަރު ތެރޭގައި އިތުރު ލޯންތައް ފެށުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާސްޓަރ

    ތީ ހަމަ ހުސް ޢަދަދު ތަކެއް. އަބަދުވެސް އޮންނާނީ ލޯނަށް އެދި ކުރިމަތުލުން. ދުވަހަކުވެސް ލޯނެއް ދުލެއްނުކުރޭ. މިދިޔައަހަރުގެ ލޯންސްކީމްތަކުގެ ފޯމްތައްވެސް ހުރީ ހުރިގޮތަށް.

  2. ޕީޖޭ

    އިންޓްރެސްޓަށް ކިހާވަރެއް؟؟

  3. ރާޖް ކުމާރު

    ހާދަ ރީތި ކުއްޖެކޭ..............

  4. ފޮތް ބަންޑެލި

    އިންޓްރެސްޓް %9

  5. ބުރޯ

    ހެހެ ނުލާނަން ޔާމީ ނަކަށް ވޯޓެއް..... ފެއިވެފަ ހުރި މީހެއް....

    • އަދުނާނު

      ކަލޭ ވޯޓް ލާންވާނީ ލައިލާއަށް. ނަޝީދު ފޭނުވާތީ ލަންޑަންގަ އެއުޅެނީ.