މުޅި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ސައިކަލު ބްރޭންޑް ކަމަށްވާ "ހޮންޑާ"ގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއަށް 32 އަހަރު ފުރުމާއި ގުޅިގެން "ބައްތިރީސް" ޕްރޮމޯޝަންގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮމޯޝަންގައި އެއް ފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރި ކޮށް ސައިކަލު ނަގާ ކަސްޓަމަރުންނަށް -/8،000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

އަދި ޝީޝާ އިންސްޓޯލްމަންޓް މެދުވެރިކޮށް ސައިކަލު ނަގާ ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓް ލިބިގެން ދާނެ އެވެ.

ޝީޝާ އިން މައުލޫމާތުދިންގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ މަގްބޫލު ސައިކަލެއް ކަމުގައިވާ އެއާބްލޭޑް -/54،500 ރުފިޔާއަށް ގަންނަން ލިބޭއިރު، ސްކޫޕީއައި ސައިކަލެއްގެ އަގު މި އުޅެނީ -/44،000 ރުފިޔާއަށެވެ.

ޝީޝާ އިން ބުނިގޮތުގައި، މި ޕްރޮމޯޝަންގެ ތެރެއިން ޚާއްސަ ސަޕްރައިސް ތަކެއް ކުރިއައް ގެންދިއުމަށް ނިންމާފައި ވެއެވެ.


ޝީޝާ އިން ބުނީ، މި ޕްރޮމޯޝަން ޝީޝާ ގެ ހުރިހާ އައުޓްލެޓް ތަކެއްގައި ވެސް ކުރިއަށްދާނެއެވެ. އެހެންކަމުން އަތޮޅު ތެރޭގައިވެސް "ބައްތިރީސް" ޕްރޮމޯޝަން ވަރަށް ފޯރިގަދަވާނެ އެވެ.

އެ ކުންފުނީގެ އައުޓްލެޓްތައް ހުންނަ ސަރަހައްދުތަކުގެ ތެރޭގައި މާލެ ހުޅުމާލެ، ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ ހިތަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ. މީގެ އިތުރުން، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ މި އަހަރު ތެރޭގައި ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވެސް ޝީޝާގެ އައުޓްލެޓް ހުޅުވުމަށެވެ.

ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އެއާ ބްލޭޑް، ވޭވް 125އައި، ވޭވް 110އައި، ޒޫމާ އެކްސް، ސްކޫޕީއައި ކްލަބް12، ސްކޫޕީއައި ޕްރެސްޓީޖް ހިމެނެއެވެ.

އަދި ޝީޝާ ގެ ހުރިހާ އައުޓްލެޓް ތަކަކުންވެސް މާލެ އެކޭ އެއް އަގެއްގައި ސައިކަލު ގަންނަން ލިބޭނެއެވެ.

ޝީޝާ އަކީ ރާއްޖޭގެ އެންމެ ބޮޑު އޮޓޯމޯބައިލްސް ކުންފުނި އަދި ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރއެވެ.