ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ރެކޯޑް އަދަދަކަށް ފްލައިޓް ޖައްސާ، އަދި ފްލައިޓް އުދުއްސައި ރަންވޭ މޫމެންޓުގެ ރެކޯޑެއް ހަދައިފިއެވެ.

އެއާޕޯޓު ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 1 ޑިސެމްބަރަކީ ވީއައިއޭގެ ރަންވޭ މްމެންޓްސްގެ އާރެކޯޑެއް ގާއިމްކޮށްފައިވާ ދުވަހެއް ކަމަށެވެ.

މި ރަންވޭ މޫމެންޓްސްގެ ރެކޯޑް ގާއިމްކޮށްފައި ވަނީ އިންޓަރނޭޝަނަލް 102 ފްލައިޓާއި ޑޮމެސްޓިކް 121 އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނުކުރާ 3 ފްލައިޓެއެއްގެ މޫވްމަންޓް ރެކޯޑް ކޮށްގެން ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ. އިއްޔެ އެއާޕޯޓަށް ގައި ވަނީ ޖުމްލަ 226 ފްލައިޓްގެ މޫވްމަންޓް ރެކޯޑް ކުރެވިފައެވެ.

މީގެ ކުރިން ގާއިމް ކޮށްފައިވާ ރެކޯޑަކީ 219 ފްލައިޓް މޫވްމަންޓް ރެކޯޑެކެވެ. އެރެކޯޑު ގާއިމް ކޮށްފައި ވަނީ އޭގެ ކުރިން 2018 ވަނަ އަހަރު ޖެނުއަރީ މަހުގައި ގާއިމްކޮށްފައި އޮތް 214 ފްލައިޓް މޫވްމަންޓް ރެކޯޑަށް ވުރެ ގިނައިން ފްލައިޓް މޫވްމަންޓްސް ރެކޯޑްކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމަޔަށް އެއީ ފަތުރުވެރި ކަމުގެ ސީޒަން ދުވަސްކޮޅަށް ވެފައި، ރާއްޖޭގެ ސްކޫލްތަކާއި އެހެނިހެން ބައެއް ތަންތަންވެސް ބަންދު ދުވަސްކޮޅަކަށް ވުމުން ދަތުރު ކުރާ މީހުން ގިނަވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2019

    ޝުކުރުގެ ޙައްގުވެރިޔާއަށްޝުކުރުރައްދުކުރަން ކޯޑްއެފްހުޅުވުނީމަރެކޯޑަކަށްފަހުރެކޯޑެއް ލޯ ސަލާމަތުންހުރިބަޔަކަށްފެންނާނެ ޝުކުރިއްޔާ

    7
    1
  2. މުހައްމަދުބެ

    ޝުކުރިޔާ ރާއީސް ޔާމިން!