ދިވެހިން އެތަށް އަހަރެން ވަންދެއް އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާރޕް ބްރޭންޑް މުޅިންއާ މޮޑެލްތަކެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ. އެގޮތުން ޝާރޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިންވަނީ ރެޑްވޭވުން ތައާރަފްކޮށްފައެވެ. ޝާރޕް ބްރޭންޑަކީ ޖަޕާންކޮލިޓީގެ "ސެވަން ޝީލްޑް" ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ދުނިޔޭގައި ނަންހިނގާ ބްރޭންޑެކެވެ.

މިގޮތުން ތައާރަފްކުރެވިގެންދިޔަ އައިސް އަލަމާރި އަދި އޭސީ އަކީ ދުނިޔެއަށް ނަން މަޝްހޫރު ޖަޕާން ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓަރ ހިމެނޭ އައިސް އަލަމާރި އެކެވެ. ޖޭ-ޓެކް އިންވާޓަރ އިން %77 އާއި ހަމައަށް އެނާޖީ ސޭވްކޮށްދެއެވެ. އާދައިގެ އިންވާޓަރ އިން އެވަރެޖްގޮތެއް ގައި ޚަރަދު ކުޑަވެގެންދަނީ %50 އާއި ހަމައަށެވެ. އަދި މީގެ އިތުރުން ހަރަދު ކުޑަކޮށްދިނުމާއި އެކު، އެންމެ އެކަޝޭނަ ފިނިހޫނުމިން ޖޭ-ޓެކް އިންވާޓަރ އިން ހިފަހައްޓައިދެއެވެ.

އަދި މީގެ އިތުރުން ޝާރޕްގެ އައިސް އަލަމާރިގައި ހިމެނޭ "އޭޖީ+ ނެނޯ ޑިއޮޑޮރައިޒާރ" ބެކްޓީރިޔާ އާއި ވަސް ނައްތާލަދީ އައިސްއަލަމާރިގައިވާ ކާއެއްޗިސް ތާޒާކަންމަތީ ބަހައްޓައިދެއެވެ. ރެޑްވޭވް އިން ޝާރޕް އައިސް އަލަމާރީގެ ތައާރަފް ކޮށްފައިވަނީ ކަސްޓަމަރުން އެންމެ ކަމުދާ ކުދި ސައިޒެވެ.

ޝާރޕް ގެ ތައާރަފްކުރެވިގެންދިޔަ ޓޮޕްލޯޑް ދޮންނަ މެޝިނަކީވެސް ކޮންމެ ވައްތަރެއްގެ ފެބްރިކް ދޮވެލެވޭފަދަ މޮޅު ދޮންނަމެޝިނެކެވެ. މީގެ އިތުރުން ސްމާޓް ފިލްޓަރ، ޓަބް ކްލީންނިންގ ގެ އިތުރުން އިންޓެލިޖެންޓް ވޯޓަރ ފޯލް ސިސްޓަމެއްވެސް މީގައި ހިމެނެއެވެ.

ޝާރޕް އޭސީގެ ދެރޭންޖެއް ރެޑްވޭވުން ތައާރަފްކޮށްފައިވެއެވެ. އެގޮތުން އެއްރޭންޖަކީ ޖަޕާނުން ދުނިޔެއަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމަރކުލަސްޓަރ އިއޯން ޓެކްނޮލޮޖީ" އަކީ ވައިގެތެރޭގައިވާ %99 ބެކްޓީރިއާ ނައްތާލަދޭ އަދި ވައިގެތެރޭގައިވާ "އެއަރބޯން މޯލްޑް" ނުވަތަ އެލާރޖީ މެދުވެރިކުރުވާފަދަ ހިރަފުހުގެ %97 ނައްތާލަދޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން ވައިގެ ތެރެއަށް އެއަރކޯނުން ދޫކޮށްލާ އިއޯންގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ. އަދި މިޓެކްނޮލޮޖީ ހިމެނޭ އައިސްއަލަމާރިވެސް ވަރަށް އަވަހަށް ތަޢާރަފް ކުރެވިގެންދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

އަދި މީގެ އިތުރުން ޝާރޕް އޭސީގައިވާ ބާރުގަދަ ޖެޓްގެ ސަބަބަން ވަރަށް އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލްކަން ލިބިފައިވެއެވެ. އަދި މުޅި އިންޑަސްޓްރީގެވެސް އެންމެ ދަށް ފިނިމިން ކަމުގައިވާ 14ޑިގްރީ ސެލްސިއަސްއަށް، ފިނިކޮށްދިމުގެ ޤާބިލްކަން ލިބިފައިވާ އޭސީއެކެވެ.

ޝާރޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާރވިސް ވޮރަންޓީއާއި އެކުގައެވެ. ސާރވިސް ފޯރުކޮށްދޭނީ ރެ. ޝާރޕްގެ މި ޕްރޮޓަކްޓްތަކަކީ ރެޑްވޭވްއަށް ޙާއްސަ އެކްސްކުލޫސިވް ރޭންޖުތަކެކެވެ. މިއާއިއެކު ޝާރޕް ތައާރަފްކުރުމުގެ ގޮތުން ޝާރޕްގެ ޕްރޮޑަކްތައް ލިބިގެންދާނީ އާދަޔާ ޚިލާފް ހެޔޮ އަގެއްގައެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.