އިސްތަށިގަނޑު ހަލާކުވެދިއުމަކީ ތަލަވާން ދިމާވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން މިފަދަ މައްސަލަތައް ކުރިމަތިވާން ފެށުމުން އެކަމަށް އަވަސް ފަރުވާއެއް ހޯދުމަކީ މުޙިންމު ކަމެކެވެ.

ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ފުޓަވާން" ބްރޭންޑުގެ "އާގަން ހެއާ އޮއިލް ސެރަމް" އަކީ މި މައްސަލަ އަށް އޮތް އެންމެ އިތުބާރު އެއް ޙައްލެވެ. ހަލާކުވެފައިވާ އިސްތަށިތަކަށް ފަރުވާކޮށް، ޖުމްލަ ގޮތެއްގައި މުޅި އިސްތަށިގަނޑު ރީތިކޮށް އެގޮތުގައި ދެމެހެއްޓުމަށް މި ސެރަމް މުޙިންމު ދައުރެއް އަދާ ކުރެއެވެ.

ހުރިހައި ވައްތަރެއްގެ އިސްތަށިގަނޑަކާއި ވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މި ސެރަމް އަކީ، އިސްތަށިގަނޑަށް ނުރައްކާ ކުރިމަތިކުރުވާ އެއްވެސް މާއްދާއެއް އެކުލެވިގެން ނުވާ، 100 އިންސައްތަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ހަލާކުވެފައިވާ އިސްތަށިގަނޑަށް ފަރުވާ ކުރުމުގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކުރުމަށް ވެސް މި ސެރަމް އެހީއަކަށް ވެއެވެ.

ރާއްޖެފަދަ ހޫނު މާހައުލުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންތެރި މި ހެއާ ސެރަމް އަކީ، އިރުގެ ގަދަ ހޫނުންނާއި، އިސްތަށިގަނޑަށް ގެއްލުންދޭ ކެމިކަލްތަކުން އިސްތަށިގަނޑު ރައްކާތެރިކޮށްދޭ އުފެއްދުމެއް ވެސް މެއެވެ. އެގޮތުން އިސްތަށިގަނޑުގައި މި ސެރަމްގެ އަސަރު ހުންނަ ވަގުތުތަކުގައި ހިރަފުހާއި ކެމިކަލާއި އެނޫންވެސް އެފަދަ ތަކެތިން އިސްތަށިގަނޑަށް މިފަދަ ގެއްލުންތައް ލިބުމުގެ ފުރުސަތެއް ނޯވެއެވެ.

މި ސެރަމް ބޭނުންކުރާ ފަރާތްތަކުން، ތަޖުރިބާގެ އަލީގައި ބުނާގޮތުގައި ސެރަމް ބޭނުންކުރަން ފަށާތާ މާގިނަ ދުވަހެއް ނުވެ އޭގެ ހެޔޮ އަސަރު ފެންނާން ފަށައެވެ. އެގޮތުން ހަލާކުވެފައިވާ އިސްތަށިގަނޑަށް ތާޒާކަން ލިބި އިސްތަށިތަކުގެ ކޮޅުތައް ރީތިވެ ވަރުގަދަކޮށްދޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން އިސްތަށިގަނޑު ހިކިފައި އޮންނަ އޮތުމަށް މި ސެރަމް އިން ނިމުމެއް ގެނެސްދޭ ކަމަށާއި، އިސްތަށިގަނޑު މަޑުވެފައި ރީތިކޮށް ގިނައިރުވަންދެން ބޭއްވުމަށް މި ސެރަމް އަކީ ބޭނުންތެރި އުފެއްދުމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ސެރަމް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ކޮންމެ ފަހަރެއްގައި ބޭނުންކުރަން ޖެހެނީ މަދު މިންވަރެކެވެ. އެގޮތުން އިސްތަށިގަނޑުގައި ކިރިޔާ ހޭކޭވަރުގެ މިންވަރެއް އަތަށް އަޅާލުމަށްފަހު އިސްތަށިތަކުގެ ކޮޅުތަކާއި ބުޑަށް އޭގެ އަސަރުކުރާނެހެން ހޭކުމަށްފަހު ބަހައްޓަންވާނެއެވެ. މިގޮތަށް ކަންތައް ކުރުމުން، އޭގައި ހިމެނޭ މުޙިންމު ބައިތައް އިސްތަށިގަނޑުގެ ތެރެއަށް ގޮސް ފަރުވާކޮށްދެއެވެ. އާދަކޮށް ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު މި ސެރަމް މިގޮތަށް ބޭނުންކުރާ ނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ސެރަމްގެ 10 އެމްއެލް ފުޅި، މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން ވިއްކަމުން ދާއިރު، އެ ޕޭޖުން ދަނީ ފުޓަވާން ބްރޭންޑުގެ އެނޫންވެސް ގިނަ އުފެއްދުންތައް ވިއްކަމުންނެވެ. "ލިބޭ" އިން މި ސެރަމްގެ ދިހަ މިލިގްރާމްގެ ފުޅިއެއް ވިއްކަނީ 100 ރުފިޔާއަށެވެ. ފުޓަވާން ބްރޭންޑުގެ އިތުރުން ވެސް މަޝްހޫރު އެހެން ބްރޭންޑުތަކުގެ ގިނަ ޕްރޮޑަކްޓުތައް އެ ޕޭޖުގެ ފަރާތުން އަންނަނީ ހެޔޮ އަގުގައި ވިއްކަމުންނެވެ.

"ލިބޭ"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައި ވާއިރު، "ލިބޭ" އިން ވިއްކާ ޕްރޮޑަކްޓުތަކަށް އޯޑަރުކޮށް އޭގެ މައުލޫމާތު ހޯދުމަށް 9946822 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މާލެ ސަރަޙައްދުން މި ޕްރޮޑަކްޓުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް "ލިބޭ" އިން އަންނަނީ ފޯރުކޮށްދެމުންނެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


2. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


3. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)