ޒުވާންކަން މަތީ ރީތި ބައްޓަމެއްގައި ހުރުމަށް ކޮންމެ މީހެއްމެ ހިތްއެދެއެވެ. މާބޮޑަށް ފަލަވެ ބަނޑެއް ލާފައި ހުރުމަކީ އެކަމުގެ ސަބަބުން މީހާގެ ފަރިކަމާއި ރީތިކަން ގެއްލިދާ ކަމެއް ކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވެއެވެ. ރީތިކަން ދެމެހެއްޓުމުގެ އިތުރުން ސިއްޙަތު ސަލާމަތުން ބެހެއްޓުމުގެ މަޤުސަދުގައި ވެސް ބަނޑު ހިންދަން ގިނަ ބަޔަކު ބޭނުންވެއެވެ. ނަމަވެސް މިކަމުގައި އޮތް ޙައްލަކީ ކޮބައިކަން ނޭނގި، އެފަދަ ޙައްލަކާއި ދިމާވާގޮތް ނުވެ ގޮތްހުސްވެފައި ތިބި މީހުންވެސް ގިނައެވެ.

ކޮންމެއަކަސް ދިވެހީންގެ ކެއުމުގެ އާދަކާދަ އޮންނަ ގޮތުން ބަނޑެއް ލުމުގެ މައްސަލަ ދިވެހީންގެ ތެރޭގައި ބޮޑެވެ. ވިސްނާނުލައި ކުރެވޭ ކަމަކުން، ނުވަތަ ނޭނގުމެއްގެ ތެރޭގައި ހަރުލާ އާދައަކުން، ޒުވާން ސިފަ ގެއްލި، ބަނޑެއްލައި މީހާގެ ސިފަ މުޅީން ބަދަލުވެދަނީ ހީވެސް ނުކުރާހައި އަވަހަށެވެ. އާންމު ގޮތެއްގައި މިކަމުގެ އުނދަގޫ ގިނަ ބަޔަކަށް އިހުސާސް ކުރެވޭއިރު އޮންނަނީ މާބޮޑަށް ލަސްވެ ވަގުތު ފާއިތުވެފައެވެ. ކޮންމެއަކަސް، ބޮޑު ބަނޑެއް ލާފަހުން ބަނޑު ހިންދުމަށް ކުރަން ޖެހޭ މަސައްކަތް އޭރުން އޮންނާނީ ދެގުނަވެ ބޮޑު ބުރަޔަކަށް ވެފައެވެ.

ބަނޑު ހިންދާލުމުގެ ބޭނުމުގައި އެއްބަޔަކު ކަސްރަތުކޮށް އުޅެއެވެ. މިއީ ބަނޑު ހިންދުމުގެ ބޭނުމުގައި ނޫނަސް އާދަކޮށް ކުރުން މުޙިންމު ކަމެކެވެ. އަނެއް ބަޔަކު، އަވަހަށް ބަނޑު ހިންދާލަން ބޭނުންވެގެން އެކި ފާޑު ފާޑުގެ ބޭސް ބޭނުންކުރުމުގެ ނުރަނގަޅު އާދަ ގެންގުޅުމާއި އެކު، ނުކައިނުބޮއެ އެތައް އިރެއް ވަންދެން ތިބެއެވެ. ނަމަވެސް ކެއުން މަދުވުމާއިއެކު އެފަދަ ބޭސްތައް ބޭނުންކުރުމުން، ބޭނުންވާ ޙައްލު ނުލިބި ސިއްޙީ އިތުރު ނުރައްކާތަކާއި ވޭންތައް ތަޙައްމަލް ކުރާން ޖެހޭ ފަހަރު އާދެއެވެ.

ޒުވާން ސިފަ ދެމެހެއްޓުމާއެކު، ބަނޑު ހިންދާލަން ބޭނުންވާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. ދައްކާން މިއުޅެނީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކޮފީ ބުއިމުގެ އާދައިގެ ތެރެއިން، ބަނޑެއްލާފައި ހުންނަ ހުރުމަށް ޙައްލެއް ހޯދިދާނެ ގޮތެއްގެ ވާހަކައެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން މިވަނީ އެ ފުރުސަތު ދިވެހީންނަށް ތަނަވަސްކޮށްދީފައެވެ. މިއީ ބޮޑު ބަނޑެއް ލައިގެން، ބަނޑު ހިންދާނުލެވިގެން އުޅޭ ފަރާތްތަކަށް ކޮފީތައްޓަކުން ވެސް ހައްލު ހޯދިދާނެ ގޮތެކެވެ.

"ލިބޭ" އިން މިހާރު ވިއްކަން ފަށާފައިވާ "ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކޮފީއެކެވެ. އެހެން ކޮފީ ތަކާއި ޚިލާފަށް މި ކޮފީއަކީ ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ އާންމުކޮށް ކޮންމެ ދުވަހެއްގައިވެސް ބޯލަން ނިކަން "ފައްކާ"، މޮޅު ކޮފީއެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރަނީ އެހެން ވެގެންނެވެ.

ދިވެހީންގެ ތެރޭގައިވެސް މިހާރު މަޤުބޫލު "ލޭންސްލޭ - ސްލިމިންގް ކޮފީ" ގައި، ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" ބުއިމަށް އާދަކޮށްފިނަމަ، ދާދި އަވަހަށް ބަނޑު ހިންދާލެވުމާއި އެކު ހަށިގަނޑުގައި އިތުރަށް ހުންނަ ބަރުދަން ދަށްކޮއްލައެވެ. އަދި ހަށިގަނޑުގައި ހުންނަ އިތުރު ފެޓްތަކުން ސަލާމަތްވެ ސިއްޙަތައް ގެއްލުންކުރާ ނުރައްކާތެރި ޓޮކްސިންތަކުން ރައްކާތެރި ކޮށްދެއެވެ. އަދި ހަމަ އެހެންމެ ލޭގައި ހަކުރުގެ މިންވަރު މަތިވެ، ނުހިފެހެއްޓިފައިވާ ފަރާތްތަކަށް ދިމާވާ މި މައްސަލަ ތަކަށްވެސް "ލޭންސްލޭ - ސްލިމިންގް ކޮފީ" އިން ޙައްލު ހޯދައިދެއެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނާގޮތުގައި އާދަކޮށް "ލޭންސްލޭ - ސްލިމިންގް ކޮފީ" ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަނގަޅު ނަތީޖާ ފެނިގެން ދެއެވެ. ނަމަވެސް އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން "ލޭންސްލޭ - ސްލިމިންގް ކޮފީ" ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ "ސްލިމިންގް ކޮފީ"ގެ ދިހަ ޕެކެޓް ހިމެނޭ" ފޮށި މިހާރު "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޮށި ވިއްކާ އަގަކީ 200 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މޫނު އަލިކޮށް ތެޔޮކަން ވަގުތުން ފިލުވައިދޭ ޚާއްސަ ޓިޝޫ (150 ރުފިޔާ އަދި 200 ރުފިޔާ)


2. ދަތްތައް ހުދުކޮށް ހިނިތުންވުން ފުރިހަމަކޮށްދޭ "ސްޕާކަލް" (200 ރުފިޔާ)

"ލިބޭ" އިން ވިއްކާ ސްޕާކަލްގެ ވައްތަރުތައް:

ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.

ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.

ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.

ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.

ސްޕާކަލް - ނެތުރަލް ހިމާލިއަން ޕިންކް ސޯލްޓް

މި ބޭހަކީ ހިރުގަނޑު ހަލާކުވާ މައްސަލައަށް އަވަސް ފަރުވާއެކެވެ. އެގޮތުން ހިރުގަނޑާއި ދަތްތަކާއި ގުޅިފައިވާ ބައިތަކަށް ފައިދާކުރަނިވި އެތައް މާއްދާއެއް ހިމަނައިގެން އުފައްދާފައިވާ މި ބާވަތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިރުގަނޑު ފާރުވެފައި ހުންނަ ތަންތަނަށް ފަރުވާ ކުރެއެވެ. އަދި ހިރުގަނޑު ހަލާކުވުމަށް މެދުވެރިކުރާ ބައިތަކާއި ބެކްޓީރިއާ ސާފުކޮށްލުމަށް މި ބޭސް އެހީއަކަށް ވެއެވެ. މީގެ އިތުރުން އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައަށްވެސް މި ބޭހުން ހައްލު ލިބިގެންދެއެވެ. ސްޕާކަލްގެ އެހެން ބޭސްތަކެކޭވެސް އެއްފަދައިން މި ބާވަތް ބޭނުންކުރަން ފެށުމުންވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ރީތިކޮށްދީ ހުދުކޮށްލައެވެ.