ޔޫރަޕުގެ މާރކެޓު ފަތަހަކުރަމުންދާ ޝާރޕު ބްރޭންޑަކީ ދިވެހިން އެތަށް އަހަރެން ވަންދެން އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ބްރޭންޑެކެވެ. އެގޮތުން މިއަދު ތައާރަފު ކުރެވިފައިވާ ޝާރޕް އެއަރޕިޔުރިފާއަކީ މަދިރީގެ ތުރާޔަށް އޮތްބޮޑު ހައްލެކެވެ. ރާއްޖޭގެ ރައްތަކުގެ ރައްވެހިންނަށް އަދި ރިސޯޓުތަކަށް ޒިޔާރަތްކުރާ ގެސްޓުންގެ ފަރާތުން މަދިރީގެ އުދަނގޫވަނީ ނުހަނު ބޮޑުވަފައެވެ.
ޝާރޕް އެއަރޕިޔުރިފަޔާގައި ހިމެނޭ ޔޫވީ ލައިޓުން މަދިރި އެއަށް ގެނުވައެވެ. އަދި އޭގައި ހިމެނޭ "އެއަރ ސަކްޝަން" އިން މަދިރި ޕިޔުރިފަޔަރ ތެރެއަށްދަމާލާ ތަތްކޮށްލުވައެވެ.

މީގެއިތުރުން ޝާރޕް އެއަރ ޕިޔުރިފަޔާރ އަކީ ޖަޕާނުން ދުނިޔެއަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމަރކުލަސްޓަރ އިއޯން ޓެކްނޮލޮޖީ" ހިމެނޭ ވައިސާފުކޮށްދޭ އެއަރޕިއުރިފަޔާރއެކެވެ. އެގޮތުން ޝާރޕް އެއަރ ޕިއުރިފަޔަރއަކީ މުޅިދުނިޔެއަށް 80 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިއްކާފައިވާ، އަދި ޖަޕާނާއި އާސިޔާނުގެ ގައުމުތަކުން 1ވަނަ އެއަރޕިޔުރިފަރ އެވެ.
މި ޓެކްނޮލޮޖީގެ ސަބަބުންވައިގެ ތެރެއަށް ޕޮސިޓިވް އަދި ނެގެޓިވް އަޔޯން ދޫކޮށްލާ، ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ. ޝާރޕް އެއަރ ޕިޔުރިފަޔާރ އިން %99 ބެކްޓީރިއާ އަދި ވައިރަސް، "އެއަރބޯން މޯލްޑް" އަދި ވަސްނައްތާލަދެއެވެ. އަދިމީގައިވާ "ޓްރޫ ހެޕަރ ފިލްޓަރ" އިން އެލާރޖީ މެދުވެރިކުރުވާ މާއްދާތައް، ހިރަފުސް، ދުން އަދި ޖަނަވާރުގެ ސަބަބުން އުފެދިދާނެފަދަ ޖަރާސީމް ނައްތާލަދެއެވެ.

ޝާރޕް އެއަރޕިޔުރިފަޔާރ ގެ އިތުރުން އިސްތިރި، ވެކިއުމް ކްލީނަރ، ފެންކައްކާ ޖަގު، ރައިސް ކުކަރ، އައިސްއަލަމާރީގެ އާ ރޭންޖުތައް، ޝަވަރ ހީޓަރ، ދޮންނަމެޝިން، މިކްސަރ، އަވަން، މައިކްރޯވޭވް އަވަން، އެއަރ ޕިއުރިފަޔަރ އަދި އެއަރ ކޫލަރ ހިމެނެއެވެ. އަދި މީގެ އިތުރުން ހޯމްތިއޭޓަރގެ 5 ވައްތަރެއް ވަނީ ތައާރަފްކުރެވިފައެވެ.

ޝާރޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާރވިސް ވޮރަންޓީއާއި އެކުގައެވެ. ސާރވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުންނެވެ. ޝާރޕްގެ މި ޕްރޮޓަކްޓްތަކަކީ، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް ގެ ދަށުން ހަމައެކަނި ރެޑްވޭވް ލިބިވަޑައިގަންނަވާނެ ޙާއްސަ، އެކްސްކުލޫސިވް ރޭންޖުތަކެކެވެ.