ރާއްޖެއާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ ފިހާރަތަކާއި މޯލް ތަކުގައި އެކި ނަންނަމުގައި ތަފާތު އެކި ވައްތަރުގެ ސޭލްތައް އަޅުވައެވެ. 10 އިންސައްތައިން ފެށިގެން 90 އިންސައްތަ އާ ހަމައަށް ސޭލް އަޅުވާފައި ހުއްޓަސް، ގިނަފަހަރު ކަސްޓަމަރުން ވިޔަފާރި ކޮށްނިމޭއިރު، 5 އިންސައްތަވެސް ކެނޑެނީ މަދު ފަހަރަކުއެވެ. ދުނބުރި މިސްކިތް ކުރިމަތީގައި، ކާނޭށަން މަގުގައި ހުންނަ ބަނީރާގެ ކަސްޓަމަރުންގެ ޝަކުވާއަކަށް މިކަން ވެފައިވާތީ، މި ފަހަރު ބަނީރާއިން "އާދަޔާ ޚިލާފު" ޕްރޮމޯޝަނެއް އަޅުވައިފި އެވެ.

އާދަޔާ ޚިލާފް ޕްރޮމޯޝަންގެ ދަށުން ފިހާރައިން ލިބެންހުންނަ 200 ވައްތަރުގެ ސެންޓުގެ ތެރެއިން 100 ވައްތަރަކުން އެއްވެސް އޮޅުވާލުމެއްނެތި 25 އިންސައްތަ ޑިސްކައުންޓް ލިބެން ހުންނާނެއެވެ.

ފެބްރުއަރީ 5 ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯށަނުގެ ދަށުން، ދިވެހިންގެ ތެރޭ މަޝްހޫރު ޑިސައިނަރ ބޮރޭންޑް ތައްކަމަށްވާ "ޖެނިފަރ ލޮޕޭޒް"،"ކްލިނިކް ހެޕީ"،"ޑޭވިޑޮފް" އަދި "ސީ.ކޭ." ކަހަލަ ބްރޭންޑް ތަކުގެ އެންމެ މަށްހޫރު ސެންޓު ލިބެން ހުންނާނެއެވެ.

ދިވެހި އަންހެންކުދިން އެންމެ ގިނައިން ޖަހާ "ޖެނިފަރ ލޮޕޭޒްގެ ސްޓިލް ސެންޓު" މިހާރު 490 ރުފިޔާއަށް ލިބޭއިރު، "212 ވީ.އައި.ޕީ ސެންޓު" 1100 ރުފިޔާއަށް ލިބެން ހުންނާނެއެވެ. 1400 ރުފިޔާއަށް ދޭ "ބްލެކް އެކްސް އެސް ސެންޓު" އަދި "ވަން މިލިޔަން ސެންޓު" މިހާރު 1050 ރުފިޔާއަށް ލިބޭ އިރު 2700 ރުފިޔާއަށް ދޭ "ޝެނަލްގެ ޗާންސް ސެންޓު"، މިހާރު 2000 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މިއީ ގިނައަދަދެއްގެ ބޭފުޅުން ގަންނަ ސެންޓުގެ ވައްތަރު ތަކެވެ.

"އާދަޔާ ޚިލާފު" ޕްރޮމޯށަންގެ ދަށުން ލިބެން ހުރި އެހެނިހެން ސެންޓު ތަކުގެ މައުލޫމާތު ބަނީރާގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް ލިބެން ހުންނާ އެވެ. ބަނީރާގެ ފޯންނަންބަރަކީ 7576869 އެވެ.