އައިސްކްރީމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް ދޭނަމެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ޔުނިކައި ބްރޭންޑުގެ އައިސްކްރީމް މިހާރު ރާއްޖެއިން ލިބޭނެއެވެ. މި ބްރޭންޑުގެ ތަފާތު 27 ވައްތަރެއް މިހާރު ރާއްޖެއިން ލިބެން އެބަހުއްޓެެވެ.

މި ބްރޭންޑްގެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަމުން ދަނީ، އާގަލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބިއުޓީ އެންޑް ދަ ބެސްޓުންނެވެ. އެ ފިހާރަ ހުންނާނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

އައިސްކްރީމާއި، މެގްމާ، ނަޓީ ކޯންސް، ނަޓީ ބާ، ޗޮކޯ ބާ، ސިލްކީ ނަޓީ ބާ، ސިލްކީ ޗޮކޯ ބާ، ސޭންޑްވިޗް ބިއުޓީ އެންޑް ދަ ބީސްޓް އިން މިހާރު ވިއްކަމުން ދާނެއެވެ. އަދި އެ ފިހާރައިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބްރޭންޑްގެ އައިސްކްރީމް ޑިސްޓްރިބިއުޓްކޮށް، ވިއްކަމުންދާއިރު، މީގެ ތެރޭގައި ވެނީލާ އާއި ސްޓްރޯބެރީ، ޗޮކްލެޓްގެ އިތުރުން މެންގޯ ވައްތަރުގެ އައިސްކްރީމުވެސް ލިބެން ހުންނާނެއެވެ.

އެ ބްރޭންޑުގެ އައިސްކްރީމްގެ 80 އެމްއެލް ތަށިން ފެށިގެން 4 ލީޓަރު ތަށީގައި ހުންނަ އައިސްކްރީމް ބިއުޓީ އެންޑް ދަ ބެސްޓުން ވިއްކަމުން ދާނެއެވެ.

މި އައިސްކްރީމްތަކާއި، ރަހަ މީރު، ދިވެހިންނަށް ވަރަށް ކަމުދާނެ އައިސްކްރީމްތަކެއްކަން ޔަގީނެވެ.

"އަޅުގަނޑުމެން 27 ވައްތަރެއްގެ އައިސްކްރީމް މާކެޓްގައިި މިހާރު އެވޭލަބަލްކޮށް ހުންނާނެ، އަޅުގަނޑުމެން މި ބްރޭންޑްގެ ރާއްޖޭގައި މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންދާތާ މިހާރު ވަރަށް ދުވަސްވެއްޖެ،

ދުބާއީގެ ބްރޭންޑެއްކަމަށްވާ ޔުނިކައި ބްރޭންޑުގެ ތަކެތީގެ ތެރެއިން ފުރަތަމަ އެ ކުންފުނިން ރާއްޖެއަށް ތައާރަފްކުރީ އެ ބްރޭންޑްގެ މިލްކް ޕައުޑާއެވެ. އޭގެ ފަހުން އެ ބްރޭންޑްގެ ފުލް ކްރީމް ލޯފެޓް، ފްލޭވާޑް ޖޫސް، އެ ބްރޭންޑުގެ ބާސްމަތީ ހަނޑޫ ފަދަ އެއްޗެހި ހިމެނެއެވެ. ދިވެހިންގެ ތެރޭގައި ޔުނިކައި ބްރޭންޑް މިއީ އާ ބްރޭންޑެއް ނޫނެވެ.

ބިއުޓީ އެންޑް ދަ ބެސްޓް އިން މި ބްރޭންޑުގެ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން ދާތާ ވަރަށް ދުވަސްވެއްޖެއެވެ. އެ ކުންފުނިން އައިސް ކްރީމް ވިިއްކަން ފެށީ ވަރަށް ފަހުންނެވެ.

އާގަލާ ކުންފުނިން މި ބްރޭންޑްގެ ތަކެތި ރަށްތަކަށްވެސް ފޮނުވާދޭނެއެވެ. 6883132 އަށް ގުޅައިގެން ކޮންމެ ރަށަކަށްވެސް، ކޮންމެ އަތޮޅަކަށްވެސް މި ބްރޭންޑްގެ ތަކެތި ބިއުޓީ އެންޑްދަ ބެސްޓް އިން ފޯރުކޮށްދެއެވެވެ.

މިހާރުވެސް ގިނަ ރަށްތަކުން ޔުނިކާ ބްރޭންޑްގެ ގިނަ ތަކެތި ވިއްކަމުންނެވެ.

އެހެންކަމުން މި ބްރޭންޑްގެ އައިސްކްރީމް ގަންނަން ބޭނުންވާ ފަރާތްތަކުން އަވަހަށް ފުރުސަތުގެ ބޭނުންކޮށްލާށެވެ.