ފޫހިވެފާ އިން ވަގުތެއް ހެއްޔެވެ؟ އެހެން ނަމަ ޗެލެންޖިން އަދި މަޖާ އޮޕްޓިކަލް އިލިއުޝަނަކާއި ކުރިމަތިލާނަން ހެއްޔެވެ؟.

އޮޕްޓިކަލް އިލިއުޝަންތަކަކީ އިންސާނުންނަށް އޮޅުވާލުމުގެ އިތުރުން އެމީހެއްގެ އައިކިއު ލެވެލް ޓެސްޓު ކުރަން ބޭނުންވެއްޖެ ނަމަ ބޭނުން ކުރެވިދާނެ އުކުޅެއް ކަމަށް ބުނެވެއެވެ.

އެގޮތުން އައިކިއު ލެވެލް ޓެސްޓު ކުރަން ތައްޔާރަށް ހުރިނަމަ އިލިއުޝަން އޮބްޒާވް ކުރުމަށް ތިރިއަށް ސްކްރޯލް ކޮށްލާށެވެ. ޓެސްޓުގެ ހުރިހާ އިރުޝާދުތަކެއް ކިޔެވުމަށާއި ސައްހަ ނަތީޖާ ހޯދުމަށް ޓައިމް ލިމިޓަށް އިސްކަން ދޭށެވެ.

ހަންގޭރީގެ އާޓިސްޓެއް ކަމަށްވާ ގަރޖެލީ ޑުޑާސް މި އޮޕްޓިކަލް އިލިއުޝަނަށް ބަލައިލަމާ ހިނގާށެވެ. އޭނާ އާއްމުކޮށް ހަދާ މިފަދަ ޕަޒްލްތައް ފަސޭހައެއް ނޫނެވެ.

އެގޮތުން ތަސްވީރު އިންސްޕެކްޓް ކުރުމަށް 9 ސިކުންތު ދޭނެއެވެ. ހޯދަންވީ އޭގެ ތެރޭގައި ފޮރުވިފައިވާ ލޮލީޕޮޕެކެވެ. އެ ނުވަ ސިކުންތު ތެރޭގައި ލޮލީ ޕޮޕް ފެނިއްޖެ ނަމަ ކާމިޔާބުވީއެވެ. އެހެން ނޫންނަމަ ދެން އަންނަ ފަހަރު އަނެއްކާވެސް ޓްރައި ކޮށްލާނީ ދޯއެވެ.

ލޮލީޕޮޕް ނުފެނުނު މީހުންނަށް މިއޮތީ "ހިންޓެކެވެ". ހޯދަންވީ ފިޔާތޮށި ކުލައިގެ ވަށްކޮށް އޮންނަ ލޮލީޕޮޕެކެވެ. ލޮލީޕޮޕްގެ ސިފައާ ބެހޭ މުހިންމު ތަފްސީލުތައް އެނގުމަށްފަހު، އަނެއްކާވެސް ހޯދުމުގެ މަސައްކަތް ފަށައިށެވެ.

ނުފެނުނު ދޯއެވެ. މި މި އޮތީ އެ ލޮލީޕޮޕެެވެ.

އޮޕްޓިކަލް އިލިއުޝަން އައިކިއު ޓެސްޓް ވަގުތުން ފުރިހަމަ ކުރެވުނު ހެއްޔެވެ؟