މިއަހަރު ފެށުނު ފަހުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހަމައެކަނި ޖޫރިމަނާ ކޮށްގެން ދައުލަތައް 34.4 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމު ކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ 43 ދުވަސް ތެރޭގައި ދައުލަތައް 34.4 މިލިއަން ރުފިޔާ ހަމައެކަނި ޖޫރިމަނާ ކޮށްގެން ލިބިފައިވާއިރު މިއީ ޖޫރިމަނާ އިން މިއަހަރު ދައުލަތައް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 169.7 މިލިއަން ރުފިޔާގެ ގާތްގަނޑަކަށް 20 އިންސައްތަ މިހާރު ވަނީ ލިބިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ހަމައެކަނި ޖޫރިމަނާގެ ގޮތުގައި އަށް ލައްކަ ރުފިޔާ ސަރުކާރަށް ލިބެއެވެ.

އެހެންކަމުން އަހަރުގެ ބާކީ އޮތް 322 ދުވަހުން ހަމައެކަނި ޖޫރިމަނާގެ ގޮތުގައި 257 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތައް ގިނަ އަދަދެއްގެ ފައިސާ ލިބެމުން ދާއިރު ހާއްސަކޮށް ސައިކަލްތަކުގައި ސްޓިކާ ޖަހައިގެންނާއި، ވެހިކަލް ޓޯވ ކޮށްގެން ވަރަށް ގިނައިން ޖޫރިމަނާ ކުރަމުން ގެންދާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވުމަށްފަހު އެމަނިކުފާނުގެ ސަރުކާރުން ކުރީ ސަރުކާރަށް ވުރެ ވެސް ގިނައިން ސްޓިކާ ޖަހަމުން ގެންދާތީއެވެ.

މިއަހަރަށް 35.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި ވާއިރު ދައުލަތައް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށް ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޛުޅާަސް

    މީސަަުު''މީސަރުުާކާާަރަަްށްް ލިބުނު އެއްމެބޮޑު ކުރިއެރުން ދޯ ރަޔިތުން ފެލުން

    19
  2. ހަސަނާ

    ސާބަހޭ ސޯލިހާ، ވައުދު ވީ ކިހިނެއް؟ ކަންތި ކުރަނީ ހަމަ އެގޮތައްދެއްތޯ؟

    20
    • ވެރިން

      މުނާފިގުންގެ ސިފަ، ބަހާ އަމަލާ ދިމާނުވާނެ. އަހަރެން ބުނާ ވާހަކައެއްނޫން މީކީ،

  3. ހުސޭނުބޭ

    ރައްޔިތުން ފެލައިލައިގެންވިޔަސް ފެބްރުއަރީމަހު މުސާރަދެވޭވަރު ކުރަންޖެހޭ! މިހާރުވެސް ބަޖެޓުން 200 މިލިއަން އިބުރާއަށް ދޭންޖެހޭވިއްޔާ!

  4. ރައްޔިތުމީހުން

    ފައްކަލެއްނު.. ސިވިލް ސާވަންޓުން މުސާރަ ދޭން ސިވިލް ސާވަންޓުން ފެލަނީ

  5. އެމަންޖެ

    މިލިޔަނުން ނުކައި އެއްމެ ކުޑަވެގެން ބިލިޔަނުންކާނފަށާ.

  6. ސަފީނާޒް

    ތޮޔޮއްނިންމާލެވުނީ ފުރިހަމަ މެގާ ޕުރޮޖެކްޓެއް.. އެހެން ނުން..

  7. ކަނަމަނަ

    ޢަދިވަރައް ފަޙުރުވެރިވެފަ މިގުއިރޮދިތައް ލިބުނުވަރުވެސް އެބަބުނޭ ކިހިނެއްއެގެނީ މިފައިސާމިމީހުންމިހޯދަނީ އިންސާފުންކަން ހަމަރައްޔަތުންގެލޭ ބޮނީ

  8. އައިމަން

    މިހުރިހާ ފައިސާ އަށް ކެމްޕޭނުކޮށްފަ މިބުނަނީ ޕީ،އެސް،އައި،ޕީ އޯ