މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓިކާ ޖަހައިގެން ދައުލަތަށް 2.6 މިލިއަން ރުފިޔާ ދައުލަތަށް ހޯދަފައިވާކަަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސްޓިކާއެއް ޖަހައިފި ނަމަ، ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ.

ފުލުހުން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސަބުތައް ދައްކާގޮތުން އެ މުއްދަތުގެ ތެރޭގައި 10،617 ވެހިކަލެއްގައި ސްޓިކާ ޖަހާފައި ވެއެވެ. އޭގެ ތެރޭގައި 5،093 ސައިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، 3978 ކާރުގައި ސްޓިކާ ޖާހާފައި ވެއެވެ. އަދި 853 ޕިކަޕުގައި ސްޓިކާ ޖަހާފައިވާއިރު، 475 ވޭނުގައި ސްޓިކާ ޖާހާފައި ވެއެވެ. އޭގެ އިތުރުން 107 ޖިޕުގައި ސްޓިކާ ޖާހާފައިވާއިރު، 111 ޓްރަކްގައި ސްޓިކާ ޖާހާފައި ވެއެެވެ.

އެހެންކަމުން މި ކުއާޓަރުގައި ސްޓިކާ ޖަހައިގެން ދައުލަތަށް ވަނީ 2،654،250 ރުފިޔާ ހޯދައިފައެވެ.

އެއްގަމު އުޅަނދުފަހަރު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ މިހާރު އާންމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ. ރައްޔިތުން ކުރަމުން އަންނަ މި ޝަކުވާ އަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

ސަރުކާރުން ސްޓިކާ ޖަހައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން އަންނާތީ އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މީގެ އިތުރުން މި މުއްދަތުގައި ޕާކު ކުރުމުގެ ގަވާއިދާ ހިލާފުވެގެން 543 ސައިކަލާއި، 40 ކާރާއި، އަށް ޕިކަޕާއި، ހަތް ވެނާއި، 13 ބައިސްކަލުގެ އިތުރުން ތިން ބެޓަރީ ސައިކަލު ޓޯވ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހު

    ކޮތަޅު އިބޫ ކޮތަޅު ސަރުކާރު

  2. ޖަންގަލީގެ

    ދިވެހިންގެ ލޭނާރު އިސްޓިކާޖެހުން ބޮޑުއާމަދަނީ 3023

  3. ރުފިޔާޗޯރު

    މިމީހުން މޮޅު ސްޓަންޓްޖަހަޔޭދޯ. މަށައް މިކިޔެވުނީ ކޮންސުކޫލަކުންތަ؟ މިވެރިން ކިޔެވީ ކޮންސުކޫލަކުންބާ؟ އެސުކޫލުން ނުކިޔެވުނުކަން ٱلْحَمْدُلِلَّٰهِ . ދުވަހެއް އޮތްކަން ހަނދާން ކޮށްލާތި އިނގޭ. އަލިފާންދެކެ ބިރެއް ނުގަނޭދޯ. ނަރަކައަކީ ވަރަށް ހޫނު ގަދަތަނެއްކަމަށް ވާރިދުވެގެންވަނީ. އަދި އެއްދައުރެއްނޫން ބައްތިރީސް ދައުރު ދޭންފެނޭ. ޕަކާސް