މިސްކިތައް އަރާ ގަޑީގައި ވެހިކަލް ތަކުގައި ސްޓިކާ ނުޖެހުމަށް މާލޭ ސިޓީ ގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކޮށްފިއެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހައެވެ. މިކަމާ ވަރަށް ގިނަ އާއްމު ރައްޔިތުން ރުޅި ގަދަވެ ވާހަކަ ދައްކައެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަޒު މުއިއްޒު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިސްކިތަށް ޖަމާޢަތަށް ނަމާދު ކުރަން އަރާ ގަޑީގައި ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިގޮތަށް މިކަން ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވިއިރު، މާލޭގައި ފަސޭހައިން ޕާކް ކުރެވޭނެ ތަނެއް ނުފެނިގެން ގިނަބަޔަކު އެތައް ވަގުތެއް ވަންދެން މާލެ މަގުމަތީގައި ދުއްވާ ހަދައެވެ. ހާއްސަކޮށް ކާރު، ޕިކަޕް ދުއްވާ ފަރާތްތަކަށް މި އުނދަަގޫ ވަރަށް ބޯޑަށް ޖެހެއެވެ.

މާލޭގެ މަގުމަތީގައި ޕާކިން ޒޯން ފިޔަވައި އެހެން ތަންތަނުގައި ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހައެވެ.

ސްޓިކާއެއް ޖަހައިފި ނަމަ، ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ.

ޕާކިން ސްޓިކާ ޖެހުން ހުއްޓާލުން އެއީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް އައިސް ސްޓިކާ ޖެހުން ފުލުހުން ހުއްޓައިވެސް ލިއެވެ. ނަމަވެސް ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން އަލުން ވަނީ ސްޓިކާ ޖަހަން ފަށާފައެވެ.

ސަރުކާރުން ސްޓިކާ ޖަހައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން އަންނާތީ އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކަލޭ ނުބުންޏަސް އެކަން ކުރަނީ އެގޮތަށް. ނަމަވެސް އެހީ ނަމާދު ވަގުތުގައި އެކަނި.
    އެހެނޭކިޔާފަ މަޣުރިބަށް އަރާމީހާ އިޝާނަމާދުވަންދެން ވެހިކަލް މަގުމެދުގައި ބެހެއްޓީމާ ދެންވެސް ހަމަ ހޭވެސް އަހާނުލާށޭ ތިބުނެވެނީ.

    މުއިއްޒުވެސް އުޅޭފާޑެއް. ރޯދައަށް ހުރިނަމަ ތިއަނގަ ހިމޭނުންލައިގެން ހުރެބަލަ

    9
    23
  2. ހއ

    ނުހުއްޓާތި މުއިއްޒު އުޅެނީ ސަރުކާހިންގައް ދަތިކުރަން ރައްޔިތުންމިތިބީ ސަރުކާރާއިކު އިބޫވަރެއްނެތެވެ

    4
    27
  3. 13ވގ

    ސްޓިކާއެއްނުޖަހާނެ ގަވައިދުން ޕާކް ކުރީމަކަ

    9
    4
    • ހާލުފޮޅި

      ޤަވާއިދުން ޕާރކް ކުރެވޭނީ ތަން އޮތް ނަމަތާ.. މުއްސަންޖެއް ވިއްޔާ ތިން ހަތަރު ކާރާ ވިހި ސައިކަލު ގަނެ ގޭ ކުރިމަތިން ޕާރކިންގަ އޮންނަނީ ރޯނުދަމާ ތަން ވެރިކޮށްފަ.. އާދައިގެ ނިކަމެތި މީހާގެ ސައިކަލުގަނޑު ޕާރކު ކޮށްލާނެ ތަނެއް ނޯވޭ.. މޮޅުމީހާއަށް މޮޅުގޮތް، ދެރަ މީހާއަށް ދެރަ ގޮތް…

  4. Anonymous

    ޔާމީނުގެ ވެރިކަން ވެއްޓުނީ ވެސް ތި މުއިއްޒުގެ ސަބަބުން. ތި މުއިއްޒު ތިއުޅެނީ އިބޫގެ ވެރިކަން ވެސް ވައްޓާލަން. ތި މުއިއްޒު ކިޔެވީ ވެރިކަން ވައްޓަން. ވެރިކަން ވައްޓާ މުއިއްޒު ބަލާއަކަށް ނުވެ މަޑުން ހުރެބަލަ.

    4
    14
  5. މުހައްމަދު

    ނަމާދަށް އިޙްލާސްތެރިކަމާއެއެކުއަރާމީހާ ބޭނުންތަނުގައިސައިކަލު ޕާކުނުކުރާނެ ބޭނުންހާ ތަނެއްގައި ސައިކަލުޕާކުކޮށްފައި މީސްކިތަށް އަރާނަމަ ސްޓިކާ ޖަހަންވީ

    7
    5
  6. ނެތޭ

    ވެރިކަން ނުލިބޭ އިރު ވަރަށް ހެޔޮ އެދޭނެ. ހޮވުނީމަ އެވާގޮތެއްތާދޯ .

  7. ޕީޖޭ

    ރައްޔިތުންނަށް ހެޔޮއެދޭކަަމަށް ދައްކަން ތިވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލާނެކަމަށް ޤަބޫލުވެސް ނުކުރެވޭ.. ގާނޫނާއި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޤާނޫނާއި ގަވާއިދުތައް ބަދަލުކޮށްގެން މެނުވީ ތިޔަފަދަ ކަމެއް ފުލުހުނަކަށް ތަންފީޒެއް ނުކުރެވޭނެ.. ސަރުކާރު ދެކެ ރުޅި އަންނަނަމަ ގަވާއިދާއި ހިލާފަށް ޕާކު ނުުކުރަންވީނު...އޭރަށް ނުޖެހޭނެ ސަރުކާރު ހިންގަން ފައިސާ ދޭކަށް