އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން މިހާރުވެސް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަަމަށް، ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރާއި އެކު މަޝްވަރާކޮށް، ބައެއް ހުށަހެޅުންތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންނަމަވެސް އިންޓަރނެޓްގެ އަގު ކުޑަ ކުރެވޭނީ ކިހާވަރަކޮށްތޯ އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށާއި، ދެ ފަރާތުން ވެސް ހިތްހަމަ ޖެހޭނެ ފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުން އެކަމުގެ އަސަރު އުރީދޫގެ ފައިދާ އަށާއި، ހިއްސާދާރުންނަށް އަދި އެ ކުންފުނިން ސަރުކާރަށް ދައްކާ ޓެކްސް އާއި ލައިސަންސް ފީ އަށް ކުރާނެ ކަން ނަޖީބް ފާހަގަކުރެއްވިއެވެ.

"ޑިވިޑެންޑަށްވެސް އޭގެ އަސަރު ކުރާނެ. އަޅުގަނޑުމެން މަސައްކަތްކުރަނީ ރަނގަޅު ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅައިގެން އަގު ކުޑަކޮށް ކުންފުންޏަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް،" ނަޖީބް ހާން ވިދާޅުވި އެވެ.

2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު، ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދޭން ފެށީ، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައެވެ. އަދި 2013 ވަނަ އަހަރު ކުންފުނީގެ ނަން ރީބްރޭންޑްކޮށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަން ވަނީ އުރީދޫ މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފައެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު ހަ ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ގާނޫނީ ހައިސިއްޔަތު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އެ ކުންފުނީގެ ނަން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

އެ ކުންފުނިން ދޫކޮށްފައިވާ ޖުމްލަ ހިއްސާގެ 5.90 ޕަސަންޓު ވަތަނިއްޔާ އިންޓަނޭޝަލް އެފްޒެޑް އެލްއެލްސީއިން ހިއްސާކުރާއިރު، 5.9 ޕަސަންޓު ހިއްސާ ކުރަނީ އާންމު ފަރާތްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަސީދު

    ދެން ވިސްނަން މާލަސްވެއްޖެ މިއުޅެނީ ތިންވަނަޕާޓީއެއް ރާއްޖެ ގެންނަން އެއީ އިންޑިޔާ އެރޓެލް ކޮންޕެނީ ދެން ތިބޭ ބަލަން އަގު ތިރިވާވަރު

    12
    1
    • ހުސް ފޮނި

      ދެން ވެއްޖެ އެއްނު އެންމެ އުރީދޫ އިންޓަނެޓް ލާން! ޙުސް ފޭކް

      4
      1
  2. ޙާވިލާ

    ކިޔަވާކުދިންނާއި އާއްމުންނަށް ދޭ ޚިދުމަތް އަގުހެޔޮ ކުރެވެން ވާނެ ކަމަށް ދެކެން! ޢުރީދޫޢާއި ދިރާގު ގުޅިގެން އަގުތިކޮންޓްރޯލް ކުރަނީ! ޢެހެންވީމާ އިތުރު ބަޔަކު ތިކަމުގެ ތެރެއަށް ވަންނަން އެބަޖެހޭ އެބުނާ ގޮތަށް!

    7
    2
  3. އަރީ

    ބޭކާރު ވާހަކަ ނުދައްކާ

    10
  4. އަކްމެޑް

    ތިހެން ކިޔަކިޔާ ތިއްބާ ސްޓާލިންކް ޚިދުމަތް މުޅި ދުނިޔެއަށް ހުޅުވާލާނެ.

    10
  5. ދަންމާނު

    އުރީދޫ އަސްލު ވަރަށް އަގުބޮޑު އެހެންނަމަވެސް ދިރާގަށްވުރެ ހިދުމަތް ރަނގަޅު ސްޕީޑްވެސް، އަގު ހެޔޮ ކޮށްފިނަމަ އުރީދޫއަށް ފައިދާވާނީވެސް ދިރާގުގެ ކަސްޓަމަރުން އުރީދޫ ޙިޔާރު ކުރާނެ.

    7
    1
  6. ރެޑްވޭވް އައްޔަ

    ތިހިން ވިސްނަ ވިސްނަ ހުއްޓަ ޖީލެއް ނިމިގެން މިދަނީ.. ކުޑަވާ ތަނެއްނާދެ!

  7. މޯދީ

    ޑްރާމާއެއް ޖައްސަނީ. ކުރިޔަށްއޮތް އިންތިޚާބަށް ސަރުކާރަށް ކުޅެދޭ ޑްރާމާއެއް. ތީ ހުސް ހޮޅިވާހަކަ. ތިވާހަކަ އަޑުއަހާފަ ވޯޓު ބަދަލެއް ނުކުރެވޭނެ. ވޯޓުގެ ކުރިން އަގު ހެޔޮކުރޭ. އޭރުން ތިކަން ވެދާނެ.

  8. އެމަންޖެ

    ސަރުކާރު ބޭނުންވާނެތަ ލިބޭ ލާރިގަނޑެއް ކުޑަވާން. އަގު ހެޔޮކޮއްފިއްޔާ ސަރުކާރައްލިބޭ ބައިވެސްކުޑަވާނެ...އަދި މިސަރުކާރަކީ ކެވޭވަރު ނޭގޭ ބައެއް.