"ކޮލަޖެން ކްރީމް" މި ނަަމަކީ މިހާރު ގިނަ އަންހެން ކަނބަލުންނަށް އާ ނަމަކަށް ހަމަ ޔަގީނުންވެސް ނުވާނެއެވެ. ރާއްޖޭގެ އެތައް ހާސް ކަނބަލުން އިތުބާރު ލިބިފައިވާ މި ޕްރޮޑަކްޓަކީ މީގެ ފަސް އަހަރު ކުރިން ލޭޑީސް.އެމްވީން ރާއްޖެއަށް އެތެރެކޮށް ވިއްކަން ފެށި ޕްރޮޑަކްޓެކެވެ. ގިނަ ކަސްޓަމަރުންގެ ލޯތްބާއި މަގުބޫލުކަން ލިބިފައިވާ މި ޕްރޮޑަކްޓް މިހާ މަޝްހޫރުވެގެން ގޮސްފައި ވުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން ލޭޑިސް އެމްވީން ދައްކާލީ ކަސްޓަމަރުންގެ ފަރާތުން އެ ޕޭޖަށް ލިބިފައިވާ ގިނަ އަދަދެއްގެ ފީޑްބެކްސްތަކެވެެ.
ކޮލަޖެންގެ ޕްރޮޑަކްޓްތައް ލޭޑިސް.އެމްވީން މިހާރު ވިއްކަމުން ދަނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން، އަގު ހެޔޮކޮށެވެ.
ކޮލަޖެން ވިއްކަމުން ދަނީ ސެޓެއްގެ ގޮތުގައެވެ. މީގެ ތެރޭގައި މޫނާއި އަދި މުޅި ހަށިގަނޑު ދޮންކޮއްލަން ބޭނުން ކުރާ ސައިބޯންޏަކާއި، ދުވާލު އުނގުޅުމަށް ހާއްސަ ކްރީމަކާއި، ރޭގަނޑު އުނގުޅަން ހާއްސަ ކްރީމަކާއި، އަދި މޫނު ސާފްކޮށްލަން ބޭނުން ކުރާ ޓޮނާ ފުޅިއެއް ހިމެނެއެވެ. މީގެ އިތުރުން، ފުލް ބޮޑީ ވައިޓެނިންގ އަދި މޮއިސްޓަރައިޒިންގ ބޮޑީ ލޯޝަނެއްވެސް ހިމެނެއެވެ.
"މިއީ އޮރިޖިނަލް ކޮލަޖެން ޕްލަސް ވިޓަމިން އީގެ ހުރިހާ ޕްރޮޑަކްޓްސްއަކީވެސް. އަންހެންބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށްވެސް އަދި ހުރިހާ އުމުރަކާއި ވެސް ގޮތަށް ތައްޔާރު ކުރެވިފައިވާ މޮޅު ޕްރޮޑަކްސް ތަކެއް"
މީގެ ކްރީމް ސެޓް ބޭނުން ކޮށްލުމުން މޫނުގެ އެކި ކަހަލަ ގިނަ މައްސަަލަތަކަކަށް ހައްލު ގެނެެސްދީ ރަނގަޅު ކޮށްދެއެވެ. އޭގެ ތެރޭގަައި މޫނާއި ކަރުގައި ކަޅުވެފައި ހުންނަ ތަންތަން އަލިކޮށްދެއެވެ. އަދި ކަޅުލަށްތަކާއި ލަކުނުތައް ފިލުވާލަދީ ބިހި ޖެހުން މަދުކޮށްދީ މުޅި މޫނު ސާފްކޮސް، އަލިކޮށްދީ އޮމާން ކޮށްދެއެވެ. މީގެ އިތުރުންވެސް މޫނުގައި ހުންނަ ޕިގްމެންންޓޭޝަންސް މާކްސްތަކާއި، މޫނު ތެޔޮވުން އަދި ކުރަކިވުންވެސް މި ޕްރޮޑަކްޓް ބޭނުންކޮށްލުމުން، އެއްކޮށް ރަނގަޅު ވެގެން ދާ ކަމަށް ގިނަ ކަސްޓަމަރުންވެސް ވަނީ ބުނެފައެވެ.
ލޭޑިސް.އެމްވީން އޮރިޖިނަލް ކޮލަޖެން ޕްލަސް ވިޓަމިން އީގެ ޕްރޮޑަކްޓްސްތައް ވިއްކާތާ ފަސް އަހަރު ވެފައިވާއިރު، މިހާރު މި ޕްރޮޑަކްޓްސްތައް މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކަށް އެ ޕޭޖުން ދަނީ ހޯލްސޭލް ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، އުކުޅަސް، ބޮޑުފުޅަދޫ، ކުޅުދުއްފުއްޓަސްވެސް މިހާރު މި ޕޭޖުން ވިއްކާ ކޮލަޖެންގެ ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ.
އަދި ލޭޑީސް.އެމްވީން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޮރިޖިނަލް ކޮލަޖެން ޕްލަސް ވިޓަމިން އީ އަދި ޕޭޖުން ވިއްކާ ހުރިހާ އެހެން ޕްރޮޑަކްޓްސްތައްވެސް ހިލޭ ޑެލިވަރީ ކޮށްދެނެއެވެ.
އޮރިޖިނަލް ކޮލަޖެން ޕްލަސް ވިޓަމުން އީ ގަތުމަށް ލޭޑީސް އެމްވީގެ ފޯން ނަމްބަރު 9657266އަށް ގުޅާލާށެވެ. ނޫނީ ފޭސްބުކް ޕޭޖަށް އިންސްޓަގްރާމް ޕޭޖަށް ވަދެގެންވެސް އޯޑަރު ކޮށްލެވޭނެއެވެ.
ލޭޑިސް އެމްވީގެ ކޮލަޖެން މިހާރު އައްޑޫ ސިޓީ ހިތަދޫ، އައިސީއެމް 1 އަދި 2، މާލެ އައިސީއެމް 3 ހުޅުމާލެ އައިސީއެމް 4 އިން މިހާރު ގަންނަން ލިބޭނެއެވެ.
ރީޢާނި ރަޝީދު އަށް އަޖައިބަކީ ކޮބައިކަން އެނގޭބާ؟
އަގު ޖަހާލިނަމަ ބޮޑަށް ގަންނަހިތްވީސް
އެކަމުވެސް ފަތިސްނަމާދުކުރުން ޤުރުއާން ކިޔެވުން ޒިކުރު ކުރުން ރުޤުޔާ ޝިފާ ހޯދަންޖެހޭނަމަ ހޯދުން ސާފު ތޯހިރުވުން ދުޢާ ދެންނެވުން ރަނގަޅަށް ފެންބޮއި ކަސްރަތުކޮށް ތާޒާ މޭވާ ތަރުކާރީ ކެއުން ހިއްސާފުކޮށް ބެހެއްޓުން ފާފަ ތަކާ ދުރުވެ ތައުބާވުން އަދި ހިޖާމާ ހެދުން ދީނުގަ އޮންނަގޮތަށް މިއީ ހަގީގަތުގަ މީހާއަށް ގުދުރަތީ ރީތި ކަން ލިބޭނޭ ގޮތް އޭރުން ތިކުރީމްތަށް ބޭނުން ނުކުރިޔަސް އަބަދުވެސް ރީތިކޮށް ހުންނާނެ އިންޝާﷲ. ތިކުރީމްތަށް ބޭނުންކޮށް ވަގުތީ ގޮތުން ބޭރުފުށް ރީތީކޮށްލިޔަސް މަތީގަބުނި ކަންކަން ނުކޮށް ހުންނަންޔާ ތިކުރީމްތަށް ބޭނުންކުރާހާނުދޯވާނީ. ކުރީމް އާ ދެކޮޅު ނޫން އެކަމު މަތީގަ ބުނިގޮތަށް އުޅެންޖެހޭނީދޯ ހަގީގަތުގަ މި ވަގުތީ އާލަމުގަ އޭރުން އިންޝާﷲ ދެދުނިޔޭގެވެސް ހަގީގީ އުފާ މާތްﷲ ދެއްވަވާނެ ޓްރަސްޓް ﷲ