ދައުލަތައް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށްވެ، ނަމަވެސް ދައުލަތުން ކުރި ޚަރަދުތައް އިތުރު ވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު މިމުއްދަތާއި ހަމައަށް އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރަށްވުރެ މިއަހަރު ލިބުނު އާމްދަނީ ވަނީ 782.2 މިލިއަން ރުފިޔާ މަދުވެފައެވެ.
މިއަހަރު ދައުލަތައް ލިބުނު އާމްދަނީ ދަށްވެފައި ވަނީ ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން މަދުވެގެން ގޮސްފައި ވާތީއެވެ.
ދައުލަތައް ލިބުނު އާމްދަނީ ދަށްވެފައި ވީނަމަވެސް ދައުލަތުން ކުރި ޚަރަދުތައް ވަނީ މިދިޔަ އަހަރަށްވުރެ އިތުރު ވެފައެވެ. މިދިޔަ އަހަރު ފެބްރުއަރީގެ ނިޔަލަށް 3.5 ބިލިއަން ރުފިޔާ ޚަރަދު ކުރިއިރު މިއަހަރު ފެބްރުއަރީގެ ނިޔަލަށް ވަނީ 3.8 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
މިއަހަރު ފެބްރުއަރީގެ ނިޔަލަށް ދައުލަތައް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 535.8 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރު ލިބިފައި ވަނީ 357 މިލިއަން ރުފިޔާ އެވެ.
ޓެކްސް ފިޔަވައި އެހެން ގޮތްގޮތުން މިދިޔަ އަހަރު ފެބްރުއަރީގެ ނިޔަލަށް 701.5 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރު ލިބިފައި ވަނީ 470 މިލިއަން ރުފިޔާ އެވެ.
މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް ކުރި ޚަރަދު ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް 725.9 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު މިއަހަރު ވަނީ 747.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
ނަމަވެސް މިއަހަރު ދަތުރުފަތުރަށް ކުރި ޚަރަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރު ދަތުރުފަތުރަށް 29.2 މިލިއަން ޚަރަދު ކުރިއިރު މިއަހަރު ޚަރަދު ކޮށްފައި ވަނީ 22.6 މިލިއަން ރުފިޔާއެވެ.
ދައުލަތައް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ޚަރަދުތައް އިންތިހާއަށް އިތުރުވެފައި ވާއިރު އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިޚާބަށް ފަހު އަދި ޚަރަދުތައް މާބޮޑަށް އިތުރުވެގެން ދާނެއެވެ. އެއީ ސަރުކާރުން މިހާރު ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެތީއެވެ.
ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން ދާތީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، މިއަހަރު ގައުމުގެ އިޤުތިޞާދު ވަރަށް ބޮޑަށް ދަށްވާނެކަމަށް ވަނީ ބެލެވިފައެވެ.
ވެރިކަމަށް އަރާހުރި މީހާ އިސްތިޢުފާ!
ފަތުރުވެރިކަން ދަށަށް ދާނަމަ މަސްވެރިކަން ފުޅާ ކުރަންވީއެވެ، ސީފުޑުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ހީނުކުރާވަރުގެ އާމުދަނީއެއް ލިބޭނެއެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފަން ދިވެހިންނަކަށް ނޭނގެއެވެ.
ނާންނާނެ ތިކަހަލަ ހިޔާލެއް ﷲ ވޮޑިގެންވާ ފަރާތް ކަން އިގޭބަޔަކަށް މިންވަރު ކޮއްދެއްވާނީ. ދާނީ މިބާގަނޑު ހަލާކުވެގެން. ކޯފާ އަންނާނީ އެކިސިފާގަ އެކިގޮތައް.
ސާބަހޭ ޗިޗަންޑާ 19
ހަމަހިނިއަންނަނީ
ކިޔެއްވީި އެތިބީނުން ހެވި ދިލިފާާ އެވަރު ދެރަ...!
އަދިވެސް ޒާތަކަށް ހެވިފަތިބޭ. ގައުމެއްނެތް. އެމީހަކު އަތުޖެހުނުތަނަކުން ކަމުންދަނީ. ވެރިކަންކުރަން ބޭރުންވޭ ވެރިކަން ކުރަކަށް ނޭނގޭ. މީހަކުގެ މިންނެތް މަސައްކަތުން ހޯދި ފައިސާކޮޅު ކާން ވަރަށް ފަސޭހަދޯ.
އެހެންވީރުން އަވަހަަށް ސިޔާސީ މީހުންކޮޅަކަށް ވަޒީފާ ދީ.
ތިއޮތީ 500 ޕްރޮޖެކްޓް ހިންގިފަ. ގެއަށް ދޭ.
ކާކަށް ކޮން ކަމެއް ކޮށްދީގެން ދައުލަތުގެ ޚަރަދު ބޮޑުވީ! މީހަކަށް ކޮށްދިންހައިވެސް ކަމަކީ މުސާރަދިނުން! އެވެސް ނުދީ ވާނެގޮތަކާމެދު ދެ ހިޔަޅުން މަސްވަރާކޮށްފައި ބުނީ ކޮވިޑް 19 ގެ ސަބަބުބް މުއައްޒަފުންގެ މުސާރަކުޑަކުރަން ޖެހެޔޭ! މުޅި ސަރުކާރުގައިވެސް ހުސް ވަގުން.
އަހަރުމެންގެ ދިވެހިރާއްޖެ އެއްނެތް! މުޅިސަރުކާރު ތެރެއަށް ވަގުންވަ ދެކާއި ހުސްކަށްފި.
ކީއް ދެން ކުރާނީ.. ދިވެހިން އަމިއްލަޔަށް ދިވެހިން މިހަލާކުވެގަތީ..
އަ ދިވެސް ޖަޒުބާތުގާޖެހިގެން ވޯޓް ދޭތި.
??????????????
ތިޔަބުނާހާ ޚަރަދުތަކެއް ރައްޔިތުންނަކަށް ހަމަގާމުވެސްނުކުރޭ. ތަރައްގީގެ މަޝްރޫއެއްނުހިންގާ. ސަރުކާރުގެ ވެރިން ވަގަށް ކައިކައި ތިޔަ ހަރަދުތައް ތިޔަބޮޑުވަނީ. މިސަރުގާ ތިބީ ހުސްވަގުން.
މި މީހުން އެތިބެނީ އެމީހުންނަށް ވޯޓުދިން މީހުންގެ މޮޔަކަމާއި ހެދި މަލާމާތުގެ ޒާތަކަށް ހެވިދިލިފަ.