ކުރިއަށް އޮތް ރޯދަ މަހުގައި މުދާ ވިއްކާ ތަންތަނާއި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ހުންނަން ޖެހޭ ގަޑުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، އަންނަ މަހުގެ 19 އިން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށެވެ.

އަދި ރޯދަ މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދު ވަގުތަކަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން އަންގާފައިވާ އެ ގަޑިތަކަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ވިޔަފާރި ކުރެވޭނެ ގަޑިތައް އިއުލާނު ކުރެއެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭ ތާރީހަކީ އޭޕްރިލް 24 ވަަނަ ދުވަހެވެ.